މާލެ ސިޓީ ކައުންސިލުން މާލެ ސިޓީ ތަރައްޤީކުރުމުގެ ކަންކަން ކުރާއިރު ކަންކަން ކުރަމުން ގެންދާނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅަށް ޚާއްޞަކޮށްގެން މާލެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި ޑރ. މުޢިއްޒު ވިދާޅުވީ އެއީ ދަތި އަދި އުނދަގޫކަމަކަށްވީނަމަވެސް ސިޓީ ކައުންސިލުން މަސައްކަތްކުރާނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށެވެ. އެހެންވެ ކުރިއަށް އޮތް 2 ހަފްތާތެރޭގައި މާލެ ސިޓިގެ ހުރިހާ އަވަށެއްގައި ރައްޔިތުންނާއި ބައްދަލުކުރައްވަން މިފަދަ ބައްދަލަވުންތައް ބާއްވަވާނެ ކަމަށެވެ.

ޑރ. މުޢިއްޒުވަނީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރޭވި ހިނގަމުންދާ ގޮތްވެސް ބަޔާންކޮށްދެއްވައިފައެވެ. އަދި ރައްޔިތުންގެ އަޑުވެސް އައްސަވައިފައެވެ.