އަނިޔާދޭން މަސައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތްކަމަށެ އެދި މިފަދައިން ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އަނިޔާދޭން މަސައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތްކަމަށެ އެދި މިފަދައިން ދުޢާކުރާށެވެ!

ޔާ ﷲ! މިއަޅާއަށް ގެއްލުންދީ އަނިޔާވެރިވާ މީހުންގެ ކިބައިން މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އެމީހުން ކުރާ ނުބައި ތުހުމަތުތަކާއި އަޅުވަން މަސައްކަތްކުރާ ދޮގު އިލްޒާމްތަކުން މިއަޅާ ބަރީޢަކުރައްވަވާނދޭވެ! މިއަޅާގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރާ އެންމެންގެ ކިބައިން މިއަޅާއަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނދޭވެ! 

އަދި މިއަޅާގެ ހިތް ޠޯހިރުކުރައްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ މަގުގައި ސާބިތުވުމުގެ ތައުފީޤް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ރުހިވޮޑިގަންނަވާނޭ މަގު ދައްކައިދޭނެ މީހުންނާއިއެކު މިއަޅާ ލައްވަވާނދޭވެ!  އާމީން

ކޮންމެ މީހެއްގެ ވެސް ޢަދާވާތްތެރިން ތިބޭނެއެވެ. އަނިޔާއާއި ގެއްލުންދޭން މަސައްކަތްކުރާ މީހުން ތިބޭނެއެވެ. އެެފަދަ މީހުންގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަމަށް އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. ދުޢާ ނުކޮށް ތިބެ ރައްކައުތެރިކަމަށް އެދުމެއް ނެތެވެ. 

މުހިންމީ ޢަދާވާތްތެރިން ހޯދަން ނުވަތަ އެއީ ކޮންބައެއްކަން އެނގެން މަސައްކަތްކުރުމެއް ނޫނެވެ. ސަލާމަތާއި ރައްކައުތެރިކަމަށް އެދި ދުޢާކުރުމެވެ. 

މިއީ އެގޮތުން ކުރެވިދާނެ ދުޢާއެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން