އެސްޓީއޯގެ ސާފު ފައިދާއަށް ލިބޭ މިންވަރު އެސްޓީއޯގެ މަސައްކަތުން އިތުރު ކުރެވޭ ވަރެއް އެނގޭނީ ތެލާއި ކާޑުގެ ހިސާބު އެސްޓީއޯގެ އެހެން ވިޔަފާރިތަކުގެ ހިސާބުތަކާއި ވަކިކޮށްގެން ކުރުމުން ކަމަށް އިޤްޠިޞާދީ ވިސްނުންތެރިން ދެކެލައްވައެވެ.
"ސަބަބަކީ ކާޑުގެ އަގު ކޮންމެ ގޮތަކަށް ހެދިނަމަވެސް ސަރުކާރުން ސަބްސިޑީގެ ގޮތުގަ އެސްޓީއޯ ބޭނުންވާ ވަރަކަށް ފައިސާދޭ. ދެން އޮތީ ތެޔޮ. ރާއްޖެއަށް އެތެރެކުރާ ހުރިހާ ތެލެއްގެހެން ފުރިހަމަ ކޮންޓްރޯލް އޮތީ އެސްޓީއޯގަ. ލިޓަރަކުން އެންމެ 1 ލާރި އުފުލާލިޔަސް ކޮއާޓަރެއްގަ ކިތައް މިލިއަން ފައިދާއަށް އިތުރުކޮށްލެވޭނެތޯ؟"
ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެސްޓީއޯއިން ކުރާ ވިޔަފާރިތަކުގެ ތަފާސް ހިސާބުތައް އައިޓަމްތައް ވަކިވަކިން ކޮންމެ 3 މަހަކުން ޢާންމުކުރެވެންޖެހޭނެއެވެ.
އިޤްޠިޞޯދީ ވިސްނުންތެރިންގެ ބަސްމަގު މިމޭރުމުން ހުރިއިރު ރަމަޟާން މަހު މުޅިރާއްޖޭގެ ވިޔަފާރި ހަލާކުކޮށްލަން އެސްޓީއޯ އިން ހިންގި ޖަރީމާތަކާއި އެޖަރީމާތަކުން އެސްޓީއޯއަށް ލިބުނު ގެއްލުމުގެ ތަފްޞީލް ހޯދަން މިއަދުނޫހުން އެސްޓީއޯއަށް ސިޓީ ފޮނުވިތާ އެތައް މަސްތަކެއް ފާއިތުވެގެންދާއިރު އަދިވެސް ޖަވާބުވެސް ނުދެއެވެ.