މާދަމާއިން ފެށިގެން ކުޑަކުދިންނަށް ފައިޒަރ ވެކްސިން ޖަހަހަން ފަށަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާދަމާއިން ފެށިގެން ކުޑަކުދިންނަށް ފައިޒަރ ވެކްސިން ޖަހަހަން ފަށަނީ

މި އޮގަސްޓް މަހުގެ 15 ވާ އާދީއްތަ ދުވަހުން ފެށިގެން ކުޑަކުދިންނަށް ފައިޒަރ ވެކްސިން ޖަހަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19 އިން ދިފާއުވުމަށް އާދީއްތަ ދުވަހުން ފެށިގެން މާލެއާއި އަތޮޅުތަކުގައި މި ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މާބަނޑު މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހައިދޭނީ ފައިޒަރ ވެކްސިން ކަމަށާއި، މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒަރ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް ޚިޔާރު ކުރެވިދާނެ ކަމަށެވެ. 

މީގެއިތުރުން، ކޮވިޝީލްޑް ނުވަތަ ސިނޮފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑް އިފެކްޓެއް ކުރިމަތިވެފައިވާ، ދެވަނަ ޑޯޒަކަށް ފައިޒަރ ވެކްސިން ޖެހުމަށް އޭއީއެފްއައި ކޮމިޓީއިން ލަފާދީފައިވާ ފަރާތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަންދާން ހަމަޖެހިފައިވާ ކުދިންގެ ތެރެއިން ކިޔަވަންދާ ޤައުމުގައި ހަމައެކަނި ފައިޒަރ ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތަކަށްވެސް ޖަހައިދޭނީ ފައިޒަރ ވެކްސިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ހަމައެކަނި ވެކްސިނެވެ.

 

މިއަދު އޮންލައިން