ކުރިން ސަރުކާރުތަކުން ނުދޭހާ ސަމާލުކަން މި ސަރުކާރުން މާފުށީގެ ތަރައްޤީއަށް ދެއްވާ- މާފުށީ ކައުންސިލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކުރިން ސަރުކާރުތަކުން ނުދޭހާ ސަމާލުކަން މި ސަރުކާރުން މާފުށީގެ ތަރައްޤީއަށް ދެއްވާ- މާފުށީ ކައުންސިލް

ނައިބް ރައީސް އިޔެއް މާފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މީގެ ކުރިން ސަރުކާރުތަކުން ނުދޭހާ ސަމާލުކަން މި ސަރުކާރުން މާފުށީގެ ތަރައްޤީއަށް ދެއްވާކަމުގައި މާފުށީ ކައުންސިލުން ފާހަގަކޮށްފިއެވެ.

ނައިބް ރައީސް އިޔެއް ކ.މާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މާފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުން އޮތީ  ހަވީރު މާފުށީ ޞިއްޙީ މަރުކަޒުގެ ހޯލުގައެވެ. މި ބައްދަލުކުރެއްވުމުގައި މާފުށީ ކައުންސިލުގެ މެންބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއާ ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ މާފުށީގެ ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން  ނައިބް ރައީސާ މަޝްވަރާކުރައްވާފާވެއެވެ. އެގޮތުން މާފުށީގައި ކުނިމެނޭޖުކުރުމުގައި ހުރި ދަތިތަކާއި ބަނދަރުގެ ދަތިކަމާއި އަދި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ މުހިންމުކަމާއި އަދި މި ނޫންވެސް މާފުށީގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގެ ބައިވެރިން  ނައިބް ރައީސް މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަނީ މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ޚިދުމަތް ތަރައްޤީވެފައިވާ ރަށެއްކަން ފާހަގަކުރައްވައި، މާފުއްޓަކީ ޒިންމާދާރު، މަސައްކަތެރި ރައްޔިތުންތަކެއް ދިރިއުޅޭ މުޖުތަމައެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލާއި ރަށުގެ މުވައްސަސާތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން