މާލެސިޓީ ގޯތި ޙަރަކާތުގެ ވައިބަރ ގްރޫޕަށް "ގޮތްނޭންގޭ" ބައަކު ތަކުރާރުކޮށް ޙަމަލާ ދެމުން އެބަދޭ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މާލެސިޓީ ގޯތި ޙަރަކާތުގެ ވައިބަރ ގްރޫޕަށް "ގޮތްނޭންގޭ" ބައަކު ތަކުރާރުކޮށް ޙަމަލާ ދެމުން އެބަދޭ.

މާލެ ސިޓީ ރަށްޔިތުންނަށް ގޯތި ހޯދުމަށް މާލެ ރަށްޔިތުންތަކެއް އިސްނަގައިގެން ހިންގާ "މާލެސިޓީ ގޯތި ޙަރަކާތް" ގެ މައިގަނޑު ސޯޝަލްމީޑިއާ ޕްލެޓްފޯމަށް "ގޮތްނޭންގޭ" ބައަކު ބަރަހަނާ ފޮޓޯތަށް އަޅާ ސްޕާމް ކުރަމުން އެބަގެންދާކަމަށް އެ ޙަރަކާތުން ބުނެފިއެވެ. 

އެހަރަކާތުން ބުނީ  ބައަކު ރާވައިގެން ހިންގާ މި މުޑުދާރު ޢަމަލު ކެނޑިނޭޅި ހިންގަމުންދާތާ 2 ދުވަސް ވެގެން ދިޔައިރު ގްރޫޕް ބަލަހައްޓާ ހީވާގި 7 އެޑްމިން އިން ފަރުވާތެރި ކަމާއި އެކު ފޮޓޯތަކާ ދުއްތުރާ ޕޯސްޓްތައް ޑިލީޓްކޮށް އެފަދަ މީހުން ބޭންކުރަމުން ގެންދާ ކަމަށެވެ.   

ގޯތި ޙަރަކާތުގެ އެޑްމިން އިން މަޢުލޫމާތު ދިންގޮތުގަ މިއަހަރު ތެރޭގަ އެކަނިވެސް ހާހެއްހާ ބަރަހަނާފޮޓޯ ގެ އިތުރުން ޙަރަކާތުގެ މަސައްކަތް ހުއްޓުވުމަށް ތަފާތު ގިނަ މަސައްކަތްތައް އެކި ފަރާތްތަކުން ކޮށްފަވެއެވެ. މީގެ ތެރޭގަ ސިޔާސީ ފަރާތްތަކާ ބައެއް ޕާޓީ ހިމެނެއެވެ. 

ގޯތި ޙަރަކާތުގެ ވައިބަރ ލިންކް. ގޯތި ބޭނުންފުޅުވާ މާލެ ސިޓީގެ 18 އަހަރު ފުރިފަވާ ހުރިހާ ފަރުދުން މި ލިންކް:https://invite.viber.com/?g2=AQBgbpWz6DfRuEuvGwdfaz5zdnvsEKtz9%2BnycWk0M1UHhRcOMjPPJO%2BGKbmd9reH

ބޭނުން ކުރަށްވައިގެން ޙަރަކާތުގަ ބައިވެރިވެ ލެއްވުމަށް ގޯތި ޙަރަކާތުން ދަޢުވަތު އަރުވައެވެ. 

މި ހަފްތާގަ ހައްދުން ނައްޓާވަރަށް މިކަން ކުރަންފެށީ ގޯތި ޙަރަކާތުން މާލޭ ސިޓީ ކައުންސިލް އާއެކު، "ސިޓީ ކައުންސިލް މާލެ ރަށްޔިތުންނާ ބައްދަލު ކުރުމަށް" ޢިއުލާން ކުރެވުނު ހިސާބުން ފެށިގެންނެވެ. ސިޓީ ކައުންސިލް އިން މާލެ ރަށްޔިތުންނާ ބައްދަލު ކުރަށްވަނީ ގޯތި ގެދޮރުގެ މައްސަލަ އާއި ބެހޭގޮތުން ސީދާ ރަށްޔިތުންނާ މަޝްވަރާ ކުރެއްވުމަށެވެ. މި ބޮޑު ބައްދަލުވުން ބާއްވަން ނިންމަވާފަ ވަނީ މި އޯގަސްޓް މަހުގެ 26ވަނަ ދުވަހުގެ ރޭގަނޑު 8.30ގަ ކާނިވާ ސަރަޙައްދު ގައެވެ.  

މި ބައްދަލުވުމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަށް ސިޓީ ކައުންސިލް އާއި ގޯތި ޙަރަކާތުގެފަރާތުންވެސް މާލެރަށްޔިތުންނަށް ދަޢުވަތު ދެއްވާފަ ވެއެވެ. 

މާލެސިޓީ ގޯތި ޙަރަކާތަކީ ސިޔާސީ ޙަރަކާތެއް ނޫންކަމާ ޙަރަކާތުގެ މޭންޑޭޓް އަކީ ގޯތި ހޯދުން ކަމުގައި އެފަރާތުން ރަށްޔިތުންނަށް ކަށަވަރު ކޮށްދެއްވަ އެވެ.  

ގުޅުންހުރި ވާހަކަކޮޅެއް:

މިއަދު އޮންލައިން