މާލެ ސިޓީ ގޯތި ޙަރަކާތުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރުން މާދަމާ ރޭ އަލިމަސް ކާނިވަލުގަ-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
މާލެ ސިޓީ ގޯތި ޙަރަކާތުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރުން މާދަމާ ރޭ އަލިމަސް ކާނިވަލުގަ-

މާލެ ސިޓީގެ ރައްޔިތުންނަށް ގޯތި ހޯދައިދޭން ކުރިއަށް ގެންދާ މާލެ ސިޓީ ގޯތި ޙަރަކާތުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރުން މާދަމާ ރޭ އަލިމަސް ކާނިވަލުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. ބައްދަލުވުން ފަށާނީ 8.30 ގައެވެ. 

މިބައްދަލުވުމުގައި ވީހާ ގިނަ މާލެސިޓީގެ ރައްޔިތުން ބައިވެރިވުމަށް މާލެ ސިޓީ ގޯތި ޙަރަކާތުން އެދެއެވެ. ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދިނުންވެސް މިބައްދަލުވުމުގައި އޮންނާނެއެވެ. 

މާލެ ސިޓީ ގޯތި ޙަރަކާތަކީ މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ގޯތި ދެވޭނެ ގޮތް ވަރަށް ޕްލޭންކޮށްގެން އެޕްލޭން ތަންފީޒުކުރަން މަސައްކަތްކުރަމުން ގެންދާ މިހާރުވެސް އެތައް ހާސް ބައަކު ބައިވެރިވެފައިވާ ޙަރަކާތެކެވެ.

މިއަދު އޮންލައިން