މަސްޖިދް ޔޫސުފުލްބަރުބަރީގަ ސީސީޓީވީ ކެމެރާ ހަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަސްޖިދް ޔޫސުފުލްބަރުބަރީގަ ސީސީޓީވީ ކެމެރާ ހަރުކޮށްފި

ރައްދެބައިމަގު މަޖީދީމަގު ކަންމަތީގައި ހުންނަ މަސްޖިދު ޔޫސުފހުލްބަރުބަރީ މިސްކިތުގައި މިސކިތާއި ގޯތީގެ ހުރިހާ ސަރަހައްދުތައް ކަވަރުކުރެވޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ. 

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި މިސްކިތާއި ގުޅިގެން ކުޑަކޮޓަރިއެއްވެސް ހަދައި، އެކޮޓަރި އޭސީކޮށް ކެމެރާތައް ބެލެހެއްޓޭނެ ގޮތް ވަނީ ހަދައިފައެވެ. އަދި 8 ކެމެރާ ވަނީ މިސްކިތުގައި ހަރުކޮށްފައެވެ. 

މިހުރިހާ ކަންކަންވެސް ކޮށްދީފައިވަނީ މިސްކިތަުގެ އަހުލުވެރި، ހެޔޮއެދޭފަރާތަކުން ﷲ ތަޢާލާއަށްޓަކައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކެމެރާ ހަރުކުރި ފުރަތަމަ މިސްކިތްކަމަށްވުން ގާތެވެ. ކެމެރާތައް ހަރުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުން މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރަން ކުރިއަށް ގެންދާނެކަމަށް ބުނާ ވިޔުގަ އާއި ކޮންމެވަގުތަކުވެސް ގުޅައިލެވޭނެގޮތަށެވެ. އަދި ފުލުހުންނަށްވެސް ބޭނުންނަމަ ގުޅައިލެވިދާނެއެވެ. 

މިސްކިތުން ފައިވާ ގެންދާ ވަގުންނަށް މިހާރު އެމިސްކިތުން ފައިވާންގެންދަން ކުޑަކޮށް އުނދަގުވާނެކަމަށް ބެލެވެއެވެ. އަދި މިސްކިތަށް އަރާ ބަލިކުދިން އެބޯ "ބޭސް" ބުއިން ފަދަ ކަންކަން ކުރުމުން ސަރުކާރުން ދޭ އިތުރު "ބޭސް" ދޭން އެކުދިން ދެނެގަންނަންވެސް ފަށޭހަވާނެކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން