ތިމާ އާ މައިންބަފައިންނަށްޓަކާ އަދި ދަރިފަސްކޮޅު އިޞްލާޙްކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާއެއް- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ތިމާ އާ މައިންބަފައިންނަށްޓަކާ އަދި ދަރިފަސްކޮޅު އިޞްލާޙްކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާއެއް- ޤުރްއާނުން

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމުގެ ތެރޭގައި ތިމާއާއި މައިންބަފައިންނަސް ހެޔޮ ރަޙްމަތް ލެއްވެވުން ހިމެނެއެވެ. އަދި ދަރިންނަކީ ޞާލިޙް ދަރިންކަމުގައިވުން ހިމެނެއެވެ. 

ހުކުރު ދުވަހުގައި ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެއްވެއެވެ. ިނަ ޢިލްމްވެރިން ބަޔާންކުރައްވަވަނީ އެވަޤުތުކޮޅުވަނީ ޢަޞްރުނަމާދުވަގުތުން ފެށިގެން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ. ވީމާ އެވަގުތުކޮޅުގައި އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. 

އެވަޤުތުގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

(رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ) الأحقاف : 15

"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށާ މިއަޅާގެ މައިންބަފައިންނަށް ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމަށާއި އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ހެޔޮޢަމަލުކުރުމަށް މިއަޅާއާ އެހީތެރިވެ ވޮޑިގަންނަވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު އިޞްލާޙު ކޮށްދެއްވާނދޭވެ!

ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟުރަތަށް ތަޢުބާ ވެއްޖެއީމެވެ. އަދި މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ."

މިއަދު އޮންލައިން