އަޅުގަނޑުގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދިވެހި ޤައުމީޓީމާއެކު، الله އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު!: ޤާސިމް އބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަޅުގަނޑުގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދިވެހި ޤައުމީޓީމާއެކު، الله އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު!: ޤާސިމް އބްރާހީމް

އަޅުގަނޑުގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދިވެހި ޤައުމީޓީމާއިއެކުގައި ކަމަށް ވިދާޅުވެ ދިވެހި ޤައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދިވެހި ޤައުމީޓީމަށް ހެޔޮ ދުޢާކުރައްވައިފިއެވެ.  

"އަޅުގަނޑުގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދިވެހި ޤައުމީޓީމާއެކު، الله އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު!" 

ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވާނީ ރާއްޖޭގައި ޒުވާނުން ބިނާކުރުމަށާއި ކުޅިވަރު ކުރިއެރުވުމަށް އަމިއްލަފުޅަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި އެއް ދިވަހި ދަރިއަށެވެ. އެމަނިކުފާނު ވަނީ ކުޅިވަރު ކުރިއެރުވުމަށްޓަކައި ރަށްރަށަށާއި ކްލަބް ޖަމިއްޔާތަކަށް ވަރަށް ބޮޑެތި ހޭދަތައް ކުރައްވައިފައެވެ. 

ޓީމުގެ ކާމިޔާބީއަށް އެދިވަޑައިގެން ޤާސިމް ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވަނީ އަބަދުވެސް އެމަނިކުފާނުގެ ހެޔޮ ދުޢާ ވާނީ ދިވެހި ގައުމީ ޓީމާއި އެކުގައިކަން ހާމަކުރައްވާފައެވެ. އަދި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރަން ނިންމާފައިވާ ޝިއާރެއް ކަމުގައިވާ 'ތިންވަނަ ފަހަރު، މިއީ އެފަހަރު ޝިއާރު' ބޭނުން ކުރައްވާ ގާސިމް ވަނީ މާތް ﷲ ގެ އިރާދަފުޅުން ތިންވަނަ ފަހަރަކަށް މިފަހަރު ވާނެކަމަށް ވިދާޅުވެފައެވެ.

މި ޓުވީޓާއެކު ޓްވީޓްކުރައްވާފައިވަނީ ސަރުކާރުން ކުރިއަށް ގެންދިއަ ދުޅަހެޔޮ، ހަށިހެޔޮ ޢީދުގެ ފުޓުބޯޅަ އިވެންޓުގައި ޖާޒީއެއް ތުރުކުރައްވައިގެން ނަންގަވާފައި ފޮޓޯއެކެވެ. "އަހަރެމެން (މުޅި ގައުމުވެސް) ވަނީ ގައުމީ ބަޠަލުންނާއި އެކުގައިކަންވެސް ވަނީ ހާމަކުރައްވައިފައެވެ. 

ފުޓްބޯޅައަކީ ދިވެހިންގެ ލެޔާއި އެންމެ ބޮޑަށް ގުޅިފައިވާ ކުޅިވަރުކަމަށްވުމުން ދިވެހި ކޮންމެ ރައްޔިތަކުވެސް އުންމީދުކުރަނީ މުބާރާތް ދިވެހި ޤައުމީ ޓީމުން ކާމިޔާބުކުރުމަށެވެ. 

މިއަދު އޮންލައިން