ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕިއޭ ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕިއޭ ހުޅުވާލައިފި

ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން މިރޭ ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑް ބަލިން ދިފާޢުވުމަށްޓަކައި 2 ޑޯޒް ހަމަކޮށްފައިވާ މީހުންގެ ތެރެއިން ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ބޫސްޓާ ޑޯޒްއެއް ދިނުމަށް ވަނީ ނިންމާފައިވާކަމަށާއި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން ކަމަށެވެ.

ބޫސްޓާ ޑޯޒު ޖަހާ މީހުންގެ ތެރޭގައި، ދިފާއީ ނިޒާމު ބަލިކަށި މީހުން، 60 އަހަރުން މަތީގެ މީހުން ، އޮކްސިޖަން ތެރެޕީ ނަގާ މީހުން، ގަވައިދުން ޑައިލިސިސް ހަދާމީހުން، ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، ދިފާއީ ބާރު ބަލިކަށި ކޮށްލާ ފަދަ ބޭސް ބޭނުން ކުރާ މީހުން، ބީ.އެމް.އައި 40 އަށް ވުރެ މަތި ނުވަތަ އާދަޔާ ޚިލާފަށް ބަރު މީހުން، ކެންސަރަށް ފަރުވާކުރާ ނުވަތަ ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުން، ބައްޔެއްގެ ސަބަބުން އެނދުމަތިވެފާ ތިބެ މީހުން، ހަކުރުބައްޔާއި ގުޅިގެން އެއްވެސް ގުނަވަނަކަށް ގެއްލުންވެފައި ތިބި މީހުން، ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޙިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.

ބޫސްޓާ ޑޯޒް ޖަހެމަށް ކަނޑައަޅާފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓް އުސޫލުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން