މިއަދު މެންދުރުނަމާދުގެ ވަގުތު ވަރަށް ގާތްވެފައިވަނިކޮށް އަޅުގަނޑުގެ ބަނޑުކޮޅުގައި ވަރަށް ގަދައަށް ރިއްސަން ފެށިއެވެ. ފެންވަރައިގެން ފަޓުލޫނު ލެވުނީވެސް ވަރަށް އުނދަގުލުންނެވެ. އެއީ މީގެ ކުރިން އަޅުގަނޑަށް ދުވަހަކުވެސް ތަޖުރިބާކުރަން ޖެހުނު ކަމެއްވެސް ނޫނެވެ.
އިހު ސުންނަތް ކުރެވުނީވެސް ވޭންތަކާއިއެކުގައެވެ. ފަރުޟު ނަމާދުކުރިއިރު ހަމަ އެ އުނދަގޫތައް ހުރުމުން އަޅުގަނޑަށް ޝިފާ ދެއްވެވުން އެދި ސަޖިދައިގައި ދުޢާކުރީމެވެ. ފަހު ސުންނަތްކުރިއިރު ތަދު ކުޑައެވެ. އެންމެ ބޭސްކުޅައެއްވެސް ނުކަމެވެ. ނުވެސް އުނގުޅަމެވެ. ޢަޞްރުނަމާދުވަޤުތު ޖެހުނުއިރު ތަދުހުރީ ހަމަ ކިރިޔަކިރިޔާއެވެ.
އަޅުގަނޑަކީ ދުޢާ ކުރުމުން އެތައް ބޮޑެތި ނިޢުމަތްތަކެއް ކުރިންވެސް ދެއްވަވާފައިވާ މީހަކީމެވެ. އަޅުގަނޑު މިއަދުގެ ވާހަކަ ޙިއްޞާ މިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. އަޅުގަނޑުމެންކުރާ ދުޢާ ވަގުތުން އައްސަވައިވޮޑިގެންވާކަން ޤަބޫލުނުކުރެވޭ މީހުން ތިބުމުން އެއީ ރަނގަޅު ވިސްނުމެއް ނޫންކަން ބަޔާން ކުރުމަށެވެ. އެކަމުގެ ހެކި ދެއްކުމަށެވެ.
އަޅުގަނޑުމެން ކުރާ ކޮންމެ ދުޢާއެއް ވަޤުތުން ޢިޖާބަ ނުކުރައްވަވައިފާނެއެވެ. ފަހުގެ ވަގުިތެއްގައި ޢިޖާބަކުރައްވަވައިފާނެއެވެ. އެއީ އެކަމަށް އެންމެ ރަނގަޅު ވަޤުތު ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. ޔަޤީންކުރަންވީ ކަމަކީ ކުރާ ދުޢާ ހަމަ ވަގުތުން އައްސަވައިވޮޑިގެންވާ ކަމެވެ. އެކަމަށް އެންމެ ރަނގަޅު ވަގުތުގައި ޢިޖާބަކުރައްވަވާނެ ކަމެވެ.
އާދަމް / މިއަދުނޫހުގެ ކިޔުންތެރިއެއް
(އާދަމް އަކީ މިއަދުނޫހަށް ވަރަށް ރަނގަޅަށް އެނގޭ ބޭކަލަކަށްވާތީ އޭނާ މިފަދަ ކަމެއްގައި ތެދު ނޫން ބަސްފުޅެއް ވިދާޅުނުވާނެ ކަމުގެ ވަޤީންކަން ވަރަށް ބޮޑަށް އެބަ އޮތެވެ.)