ފިކުރު އަދި ނޭނގޭ މީހަކު ފައްޅިއެއްގަ އިނގިރޭސި އެމްޕީއެއްގެ ގައަށް ވަޅިހަރާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފިކުރު އަދި ނޭނގޭ މީހަކު ފައްޅިއެއްގަ އިނގިރޭސި އެމްޕީއެއްގެ ގައަށް ވަޅިހަރާ މަރާލައިފި

އިނގިރޭސި އެމްޕީއެއްގެ ގައަށް ވަޅިހަރާ މަރާލައިފިއެވެ. އޭނާއަށް ހަމަލާދީފައިވަނީ ފައްޅިއެއްގައި މިއަދު އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރަމުން ގެންދަނިކޮށެވެ. 

ފުލުހުން ބުނެފައިވަނީ ހަމަލާދިން 25 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާއާއިބެހޭ ތަފްޞީލް އަދި ހާމަނުކުރާތީ ކޮންފިކުރެއްގެ މީހެއްކަން އަދި ޔަޤީނެއް ނުކުރެވެއެވެ. މުސްލިމް ނަމެއްކިޔާ ކާފަރަކު ނަމަވެސް މިފަދަ ޖަރީމާއެއް ހިންގައިފިނަމަ އެކަން އިސްލާމް ދީނާއި އަދި ހަރުކަށި ފިކުރާއި ވަގުތުން ގުޅުވުމަކީ ޢާންމުކަމެކެވެ. 

މަރާލެވުނު ޑޭވިޑް އެމެސް އަކީ އިނގިރޭސި ޕާލަމެންޓުގެ ގިނަ މެންބަރުންގެ ތަރްޙީބް ބޮޑު އެމްޕީއެކެވެ. 2016 ވަނަ އަހަރުވެސް ވަނީ އެމްޕީއަކަށް ވަޅިން ހަމަލާދީ މަރާލައިފައެވެ. 2010 ވަނަ އަހަރުވެސް ވަނީ މެންބަރަކަށް ވަޅިން ހަމަލާދީފައެވެ. 

 

މިއަދު އޮންލައިން