އެމެރިކާއިން މެރި އަފްޣާން ރައްޔިތުންނަށް ދޭން ހުށަހެޅި މަރުގެ ދިޔަ ބައެއް ޢާއިލާތަކުން ޤަބޫލެއް ނުކުރި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 32ސ
އެމެރިކާއިން މެރި އަފްޣާން ރައްޔިތުންނަށް ދޭން ހުށަހެޅި މަރުގެ ދިޔަ ބައެއް ޢާއިލާތަކުން ޤަބޫލެއް ނުކުރި

އޮގަސްޓްމަހުގެ 29 ވަނަ ދުވަހު އެމެރިކާއިން އަފްޣާނިސްތާނުގައި ދިން ޑްރޯން ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް މަރުގެ ދިޔަދޭން އެމެރިކާއިން ހުށަހެޅުމުން ބައެއް ޢާއިލާތަކުން އެކަން ޤަބޫލެއް ނުކުރިއެވެ. 

އެމީހުން ބުނަނީ އެއްވެސް ކުށެއްނެތް ރައްޔިތުންނާއި ގިނަ ޢަދަދެއްގެ ކުޑަކުދިން މެރުމަށްފަހު ހަމައެކަނި ފައިސާކޮޅެއް ދިނުމުން ނުފުދޭނެކަމަށާއި އެމެރިކާއަށް ޖެހޭނީ އަފްގާނިސްތާނަށް އައިސް، އެމެރިކާއިން ދިން ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކުގެކިބައިން މާފަށްވެސް އެދެން ކަމަށެވެ. 

މި ޙަމަލާގައި 10 މީހަކު މަރާލާފައިވާއިރު އެއިގެ ތެރޭގައި 7 ކުޑަކުދިން ހިމެނެއެވެ. އެމެރިކާއިން ވަނީ މުސްލިމުންނަށް ޙަމަލާދީ މެރުމުގައި ހައްދުފަހަނައަޅާފައެވެ.

މިއަދު އޮންލައިން