އެޗްޑީސީއަށް ވަގުތުން ބޮޑުސްކްރީންގައި ފުޓްބޯލަ ދެއްކުނު ނަމަވެސް އަދިވެސް ނަމާދުކުރާނެތަނެއް ނުދެއްކޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެޗްޑީސީއަށް ވަގުތުން ބޮޑުސްކްރީންގައި ފުޓްބޯލަ ދެއްކުނު ނަމަވެސް އަދިވެސް ނަމާދުކުރާނެތަނެއް ނުދެއްކޭ!

ހިޔާ ފްލެޓްތައް އެޅީ ސްވިޗަކަށް ޖައްސާލައިގެނެއް ނޫނެވެ. މީހުން ދިރިއުޅެން ފްލްޓްތައް ޙަވާލުކުރެވުނީ އެންމެ ދުވަހަކުން ނޫނެވެ. އެތައް އަހަރަކަށްފަހު މީހުން ދިރިއުޅެންފަށައި މަސްތައް ފާއިތުވަމުންދާއިރުވެސް މަސްތައް އަދިވެސް ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ނަމާދު ޖަމާޢަތުގައި ކޮށްލެވޭނެ ތަނެއް ދައްކައި ނުލެވެއެވެ. 

ވަގުތީ މިސްކިތް އެޅުމަކީ ރާއްޖޭގައި ކުރަން އެހައި އުނދަގޫކަމެއް ނޫނެވެ. އެމްއެންޑީއެފުން ﷲ އަށްޓަކައި ހިލޭ ސާބަހަށް ކޮށްދޭކަމެކެވެ. އެންމެފަހުން އަޅައިދިން ޛިކުރާ މިސްކިތް އަޅާފައިވަނީ މިސްކިތް އަޅަންފެށިތާ އެންމެ ހައަކަ ދުވަހުގެ ތެރޭގައެވެ. 

ހިޔާ ފްލެޓްތައް ކައިރީގައި ހިލޭ ސާބަހަށް ވަގުތީ މިސްކިތެއް އަޅައިދޭން އަމިއްލަ ބައަކު އެޗްޑީސީއަށް ހުށަހެޅިއެވެ. އަދި ފްލެޓް ޢިމާރާތުގައި ވަގުތީ ގޮތުން ނަމާދުކޮށްލެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ހުއްދައަށް ވެސް އެދުނެވެ. މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށް ފުރަތަމަ ކުރެވުނު މަޝްވަރާގައި ހުއްދަދިނެވެ. ނަމަވެސް އަނެއްދުވަހު އެންގީ އިހަށް މަޑުޖައްސައިލުމަށާއި އެކަމަށް ބޯޑްމީޓިންގއެއް ބާއްވަންޖެހޭ ކަމަށެވެ. އެބުނި ބޯޑް މީޓިންގ ނުބޭއްވި ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދަނީއެވެ. 

މިހާރު ބުނަނީ 80 ދުވަހުގެ ތެރޭގައި އަލަން ބައަކާ ޙަވާލުކޮށްގެން އުޅޭކަމަށެވެ. ސުވާލަކީ އެމްއެންޑީއެފުން ހިލޭ ސާބަހަށް 6 ދުވަހުން ކޮށްދޭ ކަމެއް ބޮޑު ހޭދައެއްކޮށްގެން 80 ދުވަހުން ކުރަން މިއުޅެނީ އެމިސްކިތް ނިމެންދެން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ޟީހުންނަށް ނަމާދުނުކުރެވިގެން ފުލަންޖެހޭ ތަކްލީފްޔަކުގެ ޒިންމާ ސަރުކާރުން އުފުލާނެތީތޯއެވެ؟ އެޗްޑީސީކީނަމަވެސް ނުކޮށްވާން އޮތް ބޮޑު ޚަރަދެއް އެކުރަނީ ހަމަ ސަރުކާރުގެ އިޚްލާޞްތެރިކަން ބޮޑުކަމުންބާވައެވެ!

މިއަދު އޮންލައިން