ހުޅުމާލެ ފޭސް 2 ގައި ކްލިނިކެއް ހުޅުވަން ބަޔަކާ ހަވާލުކޮށްވި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 4ސ
ހުޅުމާލެ ފޭސް 2 ގައި ކްލިނިކެއް ހުޅުވަން ބަޔަކާ ހަވާލުކޮށްވި

ހުޅުމާލެ ފޭސް 2 ގައި ކްލިނިކެއް ހުޅުވަން އެޗްޑީސީ އިން ބަޔަކާ ހަވާލުކޮށްވިއެވެ.

މިކަމާގުޅިގެން އެޗްޑީސީ އިން ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ގައި އިމަރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެންފަށައި ކުލި ނަގަން ފަށަންވާއިރަށް ކޮންމެހެން ބެނުންވާނެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެކޯޕަރޭޝަންގެ ފަރާތުން ކުރަމުންދާ ކަމަށާއި ވަކިން ޚާއްސަކަމެއް ދެވިގެން ހިޔާ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުގައި ޚިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް އެސަރަޙައްދުގައި ކްލިނިކެއް ހުޅުވުމަށް 19 އޮކްޓޯބަރު 2021 ގައި އެއްބަސްވުމުގައި ސޮއިކުރެވި އެފަރާތާއި ޔުނިޓު ހަވާލުކުރެވިފައިވާކަމަށެވެ.

ހިޔާ ކޮމާޝަލްގައި ކްލިނިކް ޤާއިމުކުރުމަށް ޕައިތަން ޕްރައިވެޓް ލިމިޓަޑާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން ލައިފް ސަޕޯޓް މެޑިކަލް ސެންޓަރގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކްލިނިކް 3 މަސް ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިތުރު 2 ކްލިނިކެއް މި ސަރަޙައްދުގައި ޤާއިމުކުރުމަށް ވަނީ ޖަމަޖެހިފައެވެ.

ހުޅުމާލެ ފޭސް 2 ސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް، ސުޕަމާކެޓް ގްރޮސައީ ސްޓޯރ ފަދަ ތަންތަން މި 3 މަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމުގައި އެޗްޑީސީ އިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން