ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފުރަތަމަ ދާއިމީ މިސްކިތް ހުޅުވައި ނަމާދުކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފުރަތަމަ ދާއިމީ މިސްކިތް ހުޅުވައި ނަމާދުކުރަން ފަށައިފި

ހުޅުމާލެ 2 ވަނަ ފިޔަވަހީގަ ހުޅުވި ފުރަތަމަ ދާއިމީ މިސްކިތް ހުޅުވައި ނަމާދުކުރަން ފަށައިފިއެވެ. 

މަސްޖިދު އަމީލް ޖަލީލްގެ ނަމުން ނަންދީފައިވާ މިމިސްކިތަކީ މަރުޙޫމް އަމީލް ޖަލީލްގެ ޢާއިލާއިން ބިނާކުރި މިސްކިތެކެވެ.  ދެފަންގިފިލާއަށް ބިނާކޮށްފައިވާ މިމިސްކިތުގައި އެއްފަހަރާ 480 މީހުންނަށް އަދި ހަރިންމަ ތެރޭގަ 700 ވަރަކަށް މީހުންނަށް ނަމާދުކުރެވޭނެއެވެ. 

މިމިސްކިތް އެޅުމަށް ބިން ޙަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. 

މަރްޙޫމް އަމީލް ޖަލީލްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވާށި! ޢާއިލާއިން ކުރި މަސައްކަތުގަ ބަރަކާތް ލައްވަވާށި! 

ހިޔާ ފްލެޓްތަކުގައި ގިނަ ބައަކު މިހާރުވެސް ދިރިއުޅެމުންދާއިރު މިސްކިތެއް ނެތުމުން ކުރިމަތިވާ މައްސަލަތަކަށް މިމިސްކިތުގެ ސަބަބުން ހައްލުތަކެއް ލިބޭނެކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން