އަޅުގަނޑުގެ އަނބިމީހާ، ޙަލީމާ ޙުސައިން (A215986) (ފިލްޓަރުގެ ޅ. ހިންނަވަރު) (54 އަހަރު) އަކީ ކިޑްނީ ފޭލްވުމުގެ ބަލީގައި އުޅޭތާ 8 އަހަރުވެފައިވާ އަންހެނެކެވެ. އެއްކިޑްނީ ވަނީ އެކުގައި ފޭލްވެފައެވެ. 2 ވަނަ ކިޑްނީއަށް އަންނަނީ މައްސަލަތައް ކުރިމަތިވަމުންނެވެ. އެހެންކަމުން ކިޑްނީ ބަދަލުކުރުން ނޫން އެހެންގޮތެއް މިހާރަކު ނެތެވެ.
ކިޑްނީ ހަދިޔާކުރާނެ ޑޯނަރަކުވަނީ ލިބިފައެވެ. އާސަންދައިގެ އެހީތެރިކަމާއި އެންސްޕާގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ. އެހެންކަމާއިއެކުވެސް ދީލަތުފަރާތްތަކުގެ އެހީތެރިކަމަށް އެދެން މިޖެހުނީ އެއްފަހަރާ 2 މީހުންގެ 2 އޮޕަރޭޝަންކުރަންޖެހޭއިރު އެހީތެރިން ގެންދަން ޖެހޭތީއާއި ފަރުވާއަށް ހޭދަވާނެ މުއްދަތު ނޭނގޭތީ އަމިއްލައަށް ގިނަ އަދަދެއްގެ ފައިސާ އިންޑިއާގައި ތިބެން ޚަރަދުކުރަންޖެހޭތީއެވެ.

ހަފްތާއަކު މިހާރުވެސް ދެފަހަރު ޑައިލިސިސް ހަދަން ޖެހެއެވެ. އަދި ކިޑްނީ ބަދަލުނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ . ކޮންމެ ހިނދުކޮޅަކީވެސް މިހާރު މަސައްކަތްކުރާ ކިޑްނީއަށް ގެއްލުން ލިބެން މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން އަޅުގަނޑުގެ އަނބިމީހާގެ ފުރާނަ ސަލާމަތްކުރަން ކުރަންޖެހިފައިވާ މަސައްކަތަށް އެހީތެރިކަމެއް ފޯރުކޮށްދެއްވެން އޮތް ކޮންމެ ފަރާތަކުން، ފޯރުކޮށްދެއްވެން އޮތް ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްލަދެއްވުން އެދި ދެންނެވީމެވެ.


ތިއަބޭފުޅުންނަށް ތަނަވަސްކަން އިތުރުކުރައްވަވާށި! އާމީން
އެހީދެއްވުމަށް: 7704278069101
(އެކައުންޓް ނަމްބަރު އިޞްލާޙްކޮށްފަ)
އަދަމް އިބްރާހީމް (ފިރިމީހާ) ފޯނު ނަމްބަރު: 7727867