މަރުވެ ކުނިވެފައި އޮތް މީހަކު މާލޭ ފަޅު ގެއެއްގެ ތެރޭގައި ފެނިއްޖެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މާލޭގެ މައްޗަންގޮޅީގައި ބުރުޒުމަގުގައި ހުރި ފަޅު ގެއެއްކަމުގައިވާ މ. އާފަލުގެ ތެރެއިން ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަަދު 3:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބަލާފައިވާ ކަމަށާއި އެ ގޭގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަަމަށެވެ.
މިމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.