ދިވެހިންގެ ރަންއަޑުގެ ވެރިޔާ ހޮޅުދޫ ޢަބްދުއްﷲ ގެ ވަކިވެ ދިއުމަކީ ޤައުމަށް ލިބިގެން ދިޔަ ފުން ހިތާމައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާލުވެއްޖެއެވެ.
"ދިވެހިންގެ ރަންއަޑުގެ ވެރިޔާ ހޮޅުދޫ ޢަބްދުއްﷲ ގެ ވަކިވެ ދިއުމަކީ ޤައުމަށް ލިބިގެން ދިޔަ ފުން ހިތާމަ އެކެވެ. މަރްހޫމުގެ ފާފަފުއްސަވައި ސުވަރުގޭގެ ނިއުމަތް މިންވަރު ކުރެއްވުން އެދި الله އަށް ދުޢާ ކުރަމެވެ. މަރުޙޫމްގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާށިއެވެ. އާމީން"
- ޤާސިމް އިބްރާހީމް
ޢަބްދުﷲ ޙަސަން ނުވަތަ ހޮޅުދޫ ޢަބްދުﷲ ގިނަ ބައަކު ފާހަގަކުރަނީ ހަަމއެކަނި މަދަހަ އާއި ލަވަކިޔުންތެރިއެއްގެ ގޮތަކު ނޫނެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ ހިތްހެޔޮ އެކުވެރިއެއްގެ ގޮތުގައިވެސްމެއެވެ.
މަޣްރިބް ނަމާދަށްފަހު ބޭއްވުނު ޖަނާޒާގައި ގިނަ ބައަކު ބައިވެރިވިކަން ފާހަގަކުރެވެއެވެ.
ދިވެހިންގެ ރަންއަޑުގެ ވެރިޔާ ހޮޅުދޫ ޢަބްދުއްﷲ ގެ ވަކިވެ ދިއުމަކީ ޤައުމަށް ލިބިގެން ދިޔަ ފުން ހިތާމަ އެކެވެ. މަރްހޫމުގެ ފާފަފުއްސަވައި ސުވަރުގޭގެ ނިއުމަތް މިންވަރު ކުރެއްވުން އެދި الله އަށް ދުޢާ ކުރަމެވެ. މަރުޙޫމްގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާށިއެވެ. އާމީން pic.twitter.com/XJVrq08iqL
— Qasim Ibrahim (@qasimibrahim) November 19, 2021