ދިރާގަކީ މީހުން ބިނާކުރުމުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ދިރާގުގެ މިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިޔާތުގައި ވަހަކަ ދައްކަވަމުންނެވެ.
ނައިބް ރައީސް ވިދާޅުވީ ދިރާގަކީ މީހުން ބިނާކުރުމުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި އެއްވެސް ގައުމެއް މުއާސަލާތީ ކަންތައްތަކާނުލާ ކުރިއަރައިގެން ނުދާނެކަމަށެވެ. އަދި ދިރާގުގެ ތާރީޚުން ފެންނަން އޮތީ މީހުންނަށް ޓްރެއިނިންގ އާއި މަސައްކަތްތައް ދަސްކޮސްދިނުމުގެ އިތުރަށް އުނގެނުމުގެ ފުރުސަތުތައް ހޯދައިދީގެން ވަރަށް ރަނގަޅު ޓީމެއް އުފެދިގެން އައިތަން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މީހުން ބިނާކުރުމުގެ މަސައްކަތަކީ ހަމައެކަނި ސަރުކާރުން ކުރަންއޮންނަ ކަމެއް ނޫންކަމަށާއި އެ ކަމަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި ގައުމަށް ބެނުން ޖެހިފައިވާ ގިނަ ދާއިރާތަކުން ދިރާގުގެ އެހީތެރިކަން ލިބޭ ކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.