ދަރަނިއަދާ ނުކުރި މީހެއްގެ ގެ ވިއްކާލަން ކޯޓުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ދަރަނިއަދާ ނުކުރި މީހެއްގެ ގެ ވިއްކާލަން ކޯޓުން ނިންމައިފި

މީހެއްގެ އަތުން ނެގި ދަރަނިއަދާ ނުކޮށްގެން މާލެއިން ލިބިފައި ހުރި ގެ ވިއްކާލަން ސިވިލް ކޯޓުން ނިންމައިފިއެވެ.

މިކަމާގުޅިގެން އެކޯޓުން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް މ. އެރޯވިލާއިން އާމިނަތު ނަޝީދާއަށް ލިބިފައިވާ 556.6 އަކަފޫޓް, ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާ ކަމަށެވެ.

މިގެ ވިއްކާލަން ސިވިލް ކޯޓުން ނިންމާފައިވަނީ, އިބްރާހިމް އާމިރު ނަމަކަށް ކިޔާ މީހެއްގެ އަތުން ނަޝީދާ ދަރަންޏަށް ނެގި 4,626,000 (ހަތަރު މިލިއަން ހަ ލައްކަ ސައްބީސްހާސް ރުފިޔާ) އަނބުރާ ނުދެއްކުމުންނެވެ.

މިގެ ވިއްކާލާ ނީލަން ފެށޭ އަގަކީ 2,883,219.50 (ދެ މިލިއަން އައްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ނަވާރަ ރުފިޔާ ފަންސާސް ލާރި) އެވެ. މާދަމައިން ފެށިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ 1:30އާ ހަމައަށް އަގު ހުށަހެޅުމަށް ވަނީ ހުޅުވާލާފައިވާއިރު  މިނީލަން ކާމިޔާބުވާ ފަރާތުން ފަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ފައިސާ ދައްކަން ޖެހެއެވެ.

މިއަދު އޮންލައިން