3 އަހަރުގެ ލުޔޫންގެ އެންމެ ނާޒުކު 3 ގުނަވަން ނުރައްކަލުގަ- އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދެއްވުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
3 އަހަރުގެ ލުޔޫންގެ އެންމެ ނާޒުކު 3 ގުނަވަން ނުރައްކަލުގަ- އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދެއްވުން ކީއްތޯ؟

އުމުރުން އެންމެ 3 އަހަރުގެ އިބްރާހީމް ލުޔޫން މިހާރުވެސް އޮތީ އައިޖީއެމްއެޗަގައެވެ. ލުޔޫންގެ މަންމަ މިއަދުނޫހަށް ކިޔައިދިން ގޮތުގައި ލުޔޫންގެ ކިޑްނީގައި މައްސަލައެއް ހުރިކަން ފާހަގަކުރެވުނީ މިއަހަރުގެ މާރިޗްމަހުގައެވެ. އެހައިތަނަށް ލުޔޫނާއިމެދު ދެކެވެމުން އައީ އާޑައިގެ އެހެން ވެސް ކުދިންފަދަ ކުއްޖެއްގެ ގޮތުގައެވެ. 

ޙާލުބޮޑުވެގެން މިފަހަރު ބޭއްވިފަހުން ޑޮކްޓަރުން މިހާރުވަނީ ލުޔޫންގެ ކިޑްނީގެ އިތުރުން ހިތާއި ފުރަމޭގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ވީމާ ތުއްތު ލުޔޫން ގެ ޙާލަތު ދެނެގަނެވެން ވެސް އަންނަނީ ކިޑްނީ އާއި ހިތާއި ފުރަމޭގެ ޓޭސްޓްތައް ހެދިގެންނެވެ. 

ލުޔޫންއަކީ ޢާއިލާގައި ހުރި 3 ވަނަ ދަރިފުޅެވެ. ޓިކެޓް ހަމަޖެހުނުހައި އަވަހަކަށް އިންޑިއާއަށް ފުރަން މަސައްކަތްކުރަމުން ގެންދާއިރު ޢާއިލާގައި އެފަދަ ތަނަވަސްކަމެއް ނެތެވެ. އާސަންދައިން ބޭސްފަރުވާގެ ޚަރަދު އޮންނަ އުޞޫލުގެ ތެރެއިން ލިބުނަސް ހޮސްޕިޓަލް ބިލް ފިޔަވައި އިންޑިއާގައި ތިބުމާއި ކެއުމާއި އެހެންވެސް ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ކުރަންޖެހޭނީ އަމިއްލައަށެވެ. 

ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން ތުއްތުތުއްތު ލުޔޫންގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރަންޖެހޭ މަސައްކަތަށް ތކޮންމެ ބޭފުޅަކަށްވެސް ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުން ކީއްތޯއެވެ؟ ﷲ ތައާލާގެ މަގުގައި ހޭދަކޮށްގެން ޖީބުން މަދެއްނުވާނެއެވެ. ވާނީ އެތައް ބައިވަރު ގުނައަކަށް އިތުރެވެ. 

އެކަމުގެ މިސާލު އައިސްފައިވަނީ އިންދާ އެންމެ އޮށަކުން ފަޅާ ގަހުގައި އަޅާ އެތައް ބައިވަރު ކުރާގަނޑުތަކަކުން ގޮވާން ލިބި އެމީހަކަށް ފައިދާކުރާނެ ކަމެވެ.

ލުޔޫންއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:

ރުފިޔާ އެކައުންޓް ނަމްބަރ: 7714352379101

ނަން: ޝިއުނާ އިބްރާހީމް (ކުއްޖާގެ މަންމަ) 9702890

ޑޮލަރު އެކައުންޓް ނަމްބަރ: 7730000386501

ނަން: އަހްމަދު މާޖިދު (ކުއްޖާގެ ބޭބެ) 970827

މިއަދު އޮންލައިން