ބީއެމްއެލް ވެންޓިލޭޓަރުގަ- ދަރިންކޮޅު އެދެނީ އަވަހަށް މަރުވުން! ޔޫކޭ މީހުން ލައްވާ ކުންފުނި ހިންގުވުން‍‍- ސުމެއްގެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބީއެމްއެލް ވެންޓިލޭޓަރުގަ- ދަރިންކޮޅު އެދެނީ އަވަހަށް މަރުވުން! ޔޫކޭ މީހުން ލައްވާ ކުންފުނި ހިންގުވުން‍‍- ސުމެއްގެ ކަމެއް!

ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިފިނަމަ އެތަނެއް ހިންގަން އިނގިރޭސިއަކު އިސްކޮށްފައި ހުންނަތާ އެންމެ ގިނަދުވަސްވީ ތަނަކީ ބޭންކް އޮފް މޯލްޑިވްސް ނުވަތަ ބީއެމްއެލްއެވެ. އެތަނުގެ ހިންގުން ވެންޓިލޭޓަރުގައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ދުވަހެއް ދުވަހަކަށް ދަނީ ޙާލުބޮޑުވަމުންނެވެ. މިހާރު ދަރިންކޮޅުވެސް ދުޢާކުރަނީ އަތުގައި ހުރި ފައިސާކޮޅަށް ކޮންމެ ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކޯޓަށް ހިނގަންފަށަން ޖެހުމުގެ ކުރިން ވެންޓިލޭޓަރުގައި އޮތް ބީއެމްއެލް މަރުވުމެވެ. 

ދާދިފަހުން އެކައުންޓްތައް ޒީރޯ ބެލެންސްވީވަގުތަކު މާބަނޑު އަންހެނަކަށް ލިބުނު ޝޮކުގައި މޫނުމައްޗަށް އަނދިރިވެގެން ވެއްޓުނީ އަރިއަކަށެވެ. ބަނޑުވަތަށް ވެއްޓުނު ނަމަ ވަގުތުން ވިހާނެއެވެ. 

މިހާލުގައިވެސް އެމްއެމްއޭއިން ތިބީ އެހެން ބޭންކްތައް ފިއްތައިގެންނެވެ. ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމު ބޭނުންކޮށްގެން ޚިދުމަތް ދިނުން އެހެން ބޭންކުތަކަށް އޮތީ ޙަރާން ކަމަކަށް ހަދައިފައެވެ. އެހެން ބޭންކުތަކުން ރޮއި އާދޭސްކުރާއިރުވެސް ރުފިޔާއިން ޕީއޯއެސް މެޝިން ބޭނުންކުރުމުގެ ހުއްދަވެސް ނުދެއެވެ.

ވީމާ މިއީ އެމްއެމްއޭގެ ޒިންމާ އޮތް ކަމެކެވެ. ރައްޔިތުން ފިތިބާރުވެ މިޙާލަތުގައި ތިބެންޖެހިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އެމްއެމްއޭއެވެ. ބީއެމްއެލްއަށް ދީފައިވާ ހުއްދަތައް އެހެން ބޭންކްތަކަށް ނުދިނުމެވެ. 

އިނގިރޭސިއަކު ބީއެމްއެލް ހިންގާތީ ކުރާ ފައިދާއަކީ ކޮބައިކަން އެނގޭނެ އެއްވެސް ގޮތެއްވެސް ނެތެވެ. ރާއްޖޭގެ ތާރީޚުގައި މިހައިތަނަށް ހިންގާފައިވާ އެންމެ ބޮޑު މާލީ ޖަރީމާ ހިންގާފައިވަނީ ބީއެމްއެލްގެ ސީއީއޯ އޭބީސީޑީ އެކްސްވައިޒެޑްގެ މަޤާމުގައި ހަމަ އިނގިރޭސިއަކު ހުއްޓައެވެ. 

ވީމާ ފެންނަމުން މިދާ ކަންކަމަށްބަލާއިރު އިނގިރޭސިން ބޮޑެތި ކުންފުނިތައް ހިންގަން ގެނައުމުގެ ފަހަތުގައި ގޮތްނުއެނގޭ ކަންތައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދު އޮންލައިން