އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެ

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އޮނަރަބަލް ގާސިމް އިބްރާހިމްގެ މެސުގައި ވެދާޅުވެފައި ވަނީ ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.

ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅުން 85 އަހަރުއެވެ.

އުމަރަ ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު ގިނަ، އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 

އަވަހާރަވިއިރު، އަންހެން ބޭފުޅަކާއި ކާފަ ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

މިއަދު އޮންލައިން