މިއަދުންފެށިގެން ދިހަދުވަހަށް މާލޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ ހުޅުވާނެއެވެ.
މިރޭގެ 8:00 ގައި ފަށާ ނައިޓް މާކެޓް ހުޅުވިފައި ހުންނާނީ ރަސްފަނު ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަރު 12:00 އަށެވެ. މި ނައިޓް މާކެޓްގައި 200 އަށްވުރެ ގިނަ މޭޒު ހުންނާނެކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
މި ނައިޓް މާކެޓް އިންތިޒާމް ކުރާ ފަރާތަކީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީއެވެ.