"ދޮންކަލޭފާނު ކަޕް: އޭޑީކޭ ކުންފުނިތަކުގެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ނިންމާލައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 45ސ
"ދޮންކަލޭފާނު ކަޕް: އޭޑީކޭ ކުންފުނިތަކުގެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ނިންމާލައިފި

ދޮންކަލޭފާން ކަޕަކީ، އޭޑިކޭ ގްރޫޕްގެ ކުންފުނިތަކުގެ މުއައްޒަފުންގެ އިސްނެގުމާއިއެކު، އޭޑީކޭ ގްރޫޕްގެ ޗެއަރމަން އަލްފާޟިލް އަހުމަދު ނާޝިދުގެ ބައްޕާފުޅު އަލްމަރުޙޫމް އަބްދުއްރަޙްމާން ދޮންކަލޭގެފާނު ނަމުގައި ފެށުނު ފުޓްބޯޅަ މުބާރާތެކެވެ. މިމުބާރާތް ފުރަތަމަ ބޭއްވިފައިވި ވަނީ 2011 ވަނަ އަހަރު އެވެ. މިހާރު މި މުބާރާތް ވެފައި ވަނީ އެޑީކޭ ހުރިހާ ކުންފުނިތަކުގެ މުއައްޒިފުންގެ މެދުގައި ކޮންމެ އަހަރު ބޭއްވޭ ވަރަށް ފޯރިގަދަ  މުބާރާތަކަށެވެ. 

މި މުބާރާތުގެ ސަބަބުން އޭޑީކޭގެ އެކިއެކި ކުންފުނިތަކުގެ މުއައްޒަފުން، އެކި އުމުރުފުރައިގެ މުއައްޒަފުން، އެކި ޤައުމުތަކުގެ މުއައްޒަފުން، އެކި ގިންތީގެ މުއައްޒަފުން  ކުޅިވަރުގެ މައިދާނުން ދިމާވެ، އެކުވެރިކަން އާލާވެ، މުޅި އޭޑިކޭ ގްރޫޕްގެ ހައިބަތާއި އެއްބައިވަންތަކަން ފެނިގެންދެއެވެ.

އަދި ހަމަ އެހެންމެ، ކުޅިވަރަކީ ވަޒީފާ އާއި އެއްފަދައިން މުހިއްމު އެއްޗެއްކަމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިއްމު ކަމާއި، ކުޅިވަރުގެ ތެރެއިން ކާމިޔާބީ އަދި ނާކާމިޔާބީގައި ހިތްވަރުކުރުމުގެ އަގުހުރި ފިލާވަޅުތަކެއް މި މުބާރާތުގެ ސަބަބުން މުއައްޒިފުންނަށް ދަސްވެގެންދެއެވެ. މީގެ އިތުރުންވެސް މިހުރިހާ ކަންކަމަށް އޭޑީކޭގެ މެނޭޖްމަންޓް އިން ދެއްވާ ނުހަނު ބޮޑު އަހަމިއްޔަތުކަން މިމުބާރާތުން ރަމްޒު ކޮށްދެއެވެ.

މި މުބާރާތް ރާވާ ހިންގަމުމުން ދަނީ އޭޑީކޭ ގްރޫޕް ގެ ރެކްރިއޭޝަން ކްލަބް ކަމުގައި ވާ އޭޑީކޭ ސިނާރޖީ އިން ނެވެ. އޭޑީކޭ ސިނާރޖީގެ ފަރާތުން ތަފާތު ހަރަކާތްތައް ވާތުވެދިޔަ އަހަރުތަކުގައި ރާވާ އިންތިޒާމު ކޮށްފައިވެއެވެ. އޭޑިކޭ ސިނާރޖީ އިން ދެން ބާއްވަން ވިސްނާފައިވަނީ ޑރ ޕާންޑިއަން ކްރިކެޓް ކަޕް އެވެ.

މި އަހަރުގެ މުބާރާތުގައި މުޅި ޖުމްލަ 12 ޓީމަކުން ބައިވެރިވެ ފޯރިގަދަ މެޗުތަކެއް ކުޅުމަށްފަހު 24 ޑިސެންބަރުގެ ރޭ ކުޅުނު ފައިނަލްމެޗުގައި "ދޮންކަލޭފާނު ކަޕް"ގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޖީޓީ ލަޔަންސް އެވެ.  އަންހެން ޑިޒިޝަންގެ ޗެމްޕިއަންކަން ހޯދީ ފިސާރި ޓީމުންނެވެ.

މިއަދު އޮންލައިން