ސްވިމިންގް ޕޫލަކަށް ވެއްޓި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
ސްވިމިންގް ޕޫލަކަށް ވެއްޓި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ސްވިމިންގް ޕޫލަށް ވެއްޓި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ އޯޝަން ފްރޮންޓް ރެޒިޑެންސްގައެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލެ އޯޝަން ފްރޮންޓް ރެޒިޑެންސް ސްވިމިންގް ޕޫލަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:10 ގައި ލިބިފައިވާކަމަށާއި އަދި 17:40 ހާއިރު އެ ކުއްޖާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. 

ފުލުހުން ދަނީ މި ހާދިސާއާ އިތުރަށްބަލަމުންނެވެ.

މިއަދު އޮންލައިން