ރާއްޖޭގަ އުޅޭ ކޮވިޑުގެ ބޮޑު އަރަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖޭގަ އުޅޭ ކޮވިޑުގެ ބޮޑު އަރަތް-

އާއަހަރު ފާހަގަކުރަން އެތައް ހާސް ބައަކު އެއްވެ މަޖާކުރިއިރު އެސަރަހަދަށް ކޮވިޑް ނުދާނެކަން ކަމާބެހޭ މާހިރުންނަށް އެނގެއެވެ. 

މިދިއަ ފިޠުރު ޢީދު ދުވަހު މިސްކިތަކަށް 500 ވަރަކަށް މީހުން ޖަމާވެގެން ޢީދު ނަމާދުކޮށްފިނަމަ ކޮވިޑް ޖެހޭނެކަން މާހިރުންނަށް އެނގެއެވެ. ޢީދު ނަމާދު ވަގުތުގެ 2 ގަޑިއިރު ފަހުން އިބްރާހީމީ މިސްކިތްދޮށަށް އެތައް އެތައް ހާސް ބައަކު ޖަމާވި ނަމަވެސް ކޮވިޑް ނުޖެހޭނެކަން ވެސް ކަމާބެހޭ މާހިރުންނަށް އެނގެއެވެ. 

އިސްލާމީ މަރުކަޒު ތިރީގައި ހެނދުނުން ފެށިގެން ގައިފިއްތައިގެން ތިބޭތާ 4 ގަޑިއިރުވާއިރުވެސް ކޮރޯނާ ނުޖެހޭނެކަމާއި ނަމަވެސް 4 ގަޑިއިރު ގައި ފިއްތައިގެން ހުރި މީހާ މެންދުރު ނަމާދަށް ބަންގިގޮވީމާ އިސްލާމީ މަރުކަޒު މިސްކިތަށް އަރައި ސުންނަތާއިއެއްގޮތަށް ހުރެގެން ނަމާދުކޮށްފިނަމަ ކޮވިޑު ޖެހޭނެކަންވެސް ކަމާއިބެހޭ މާހިރުންނަށް އެނގެއެވެ. 

ހުރިހާ ވެސް މައްސަލައަކީ ދުނިޔޭގެ އެއްވެސް ޤައުމަކަށް ކޮވިޑާއި ގުޅިގެން ނުލިބޭ މި މައުލޫމާތު ރާއްޖޭގެ މާހިރުން ހޯދާގޮތެކެވެ. ތަހްލީލްކުރަން ބޭނުންކުރާ މެޝިން އުފެއްދި ޤައުމެއްވެސް ނުއެނގޭކަމެވެ. ކޮވިޑާއި ރާއްޖޭގެ މާހިރުން މުޢާމަލާތުކުރާ ބަހެއްވެސް ނުއެނގޭކަމެވެ.

މިއަދު އޮންލައިން