"ދުޢާ ޢިޖާބަ ކުރައްވަވަން އެދޭ މީހާ ކާންވާނީ ޙަލާލުތަކެއްޗެވެ. ރިޝްވަތު ހިފުމާއި ދިނުންވެސް ވަނީ ޙަރާމްވެގެންނެވެ. ރިޝްވަތުގެ ގޮތުގައި ލިބޭ ތަކެތިވެސް އަދި ރިޝްވަތުގެ ގޮތުގައި ލިބޭ ފައިސާއަށް ގަންނަ ތަކެތިވެސް ވަނީ ޙަރާމްވެގެންނެވެ.
ވަކި ކެންޑިޑޭޓަކަށްރިޝްވަތު ވޯޓުދިނުން ޝަރުޠުކޮށްފައި ދެވޭ ކޮންމެ އެއްޗަކީ ރިޝްވަތެވެ. ރިޝްވަތު ހިފާ މީހާއަށާއި ދޭމީހާއަށް ﷲ ލަޢްނަތް ލެއްވެވިއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް