ކޮވިޑުން ސަލާމަތްވާން އަޅަންޖެހޭ ފިޔަވަޅުތަކުގެދަށުން މިސްކިތަށްދާއިރު އެހެން މީހުންނާ ބައްދަލް ނުކުރަން އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ. މިފަހަރުގެ ރާޅާއި ގުޅިގެން މިފަދަ އިލްތިމާސެއް މަގުމަތީގައި އުޅޭ އެހެން މީހުންނަށް އަދި ކުރިކަން އެނގޭކަށްނެތެވެ.

އެތައް ހާސް ބައަކު އެއްވާ ނައިޓް މާކެޓް ކުރިއަށްދަނީއެވެ. މިސްކިތަކަށް ޢާންމުކޮށް ޖަމާއަތަށް ނަމާދަށް އަރާ މީހުންގެ އެތައް ގުނައެއް އިތުރަށް ނައިޓްމާކެޓަށްދެއެވެ. އެހެންކަމާއިއެކުވެސް އެޗްޕީއޭގެ އާދައިގެމަތިން މިފަހަރުވެސް އަވަސްވެގަތީ މިސްކިތްތަކަށްދާ މީހުންނާއި އަޅައިގަތުމަށް އަވަސްވެގަތުމަށެވެ. މިސްކިތްތަކަކީ ކޮވިޑް ހާލިތަކެއްކަން ދެއްކުމަށެވެ.
އެޗްޕީއޭ އިން މިސްކިތްތަކުގެ ޖަމާޢަތުގައި ނަމާދުކުރުމާއިބެހޭ ގޮތުން ކަންބޮޑުވުންތައް ފައުޅުކުރަމުން ގެންދާއިރު މިސްކިތްތަކުން ކުރެވޭ ތަޖުރިބާ މުޅިން ތަފާތުކަން ފާހަގަކުރަންޖެއެވެ.
ރަމަމާން މަހުގެ ފަހު ދުވަހުގެ ޢަޞްރު ނަމާދުން ފެށިގެން މާލޭގެ މިސްތްތައް ބަންދުކުރި ނަމަވެސް ޖަމާއަތުގައި ނަމާދުކުރުން މަނާކުރިނަމަވެސް ބައެއް މިސްކިތްތަކުގައި މީހުން އަމިއްލަ ގޮތުން ޖަމާއަތް ހަދައިގެން ނަމާދުކުރިއެވެ. ދުވާަކު 2200 މީހުން ޕޮޒިޓިވްވަމުން އައިއިރުވެސް ޖަމާއަތުގައި ނަމާދުކުރިއެވެ.
ވިޔަފާރިވެރިންގެ މިސްކިތުގައި ޖަމާއަތުގައި 200 ވަރަކަށް މީހުން ކޮންމެ ފަރުޟު ނަމާދަކާއި އަދި މިސްކިތްފުރައި ހުކުރުނަމާދުވެސް ނަމާދުކުރަމުން އައީ ސުންނަތާއިއެއްގޮތަށެވެ. ކޮވިޑްގެ އެ ބިޔަރާޅު ނިމިގެންދިއައިރު ކޮވިޑްގެ އަސަރެއް ކުރީވެސް ހަމަ އެންމެ މީހަކަށެވެ. އޭނާވެސް އެޑްމިޓްކުރާކަށް ނުޖެހެއެވެ. ﷲ ގެ ރަޙްމަތްފުޅުން ބަލިން ފަސޭހަވީ ނުހަނު ފަސޭހަކަމާއިއެކުގައެވެ. ނެގަޓިވްވާއިރަށް ބިރެއް ނެތި ދުވެފައި އަންނަންފެށީ ހަމަ މިސްކިތަށެވެ.
ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ކޮވިޑަށް ފެންނަނީ މިސްކިތަށްދާ މީހުން އެކަނިކަމަށްވާނަމަ އެއީ ވަރަށް ބޮޑު މައްސލައެއް ކަމަށެވެ. "ބޮޑެތި މިޔުޒިކް ޝޯތައް ބާއްވައި މުންކަރާތްތައް ހިންގާ ތަންތަނަށް އެތައް ހާސް މީހުން އެއްވާއިރުއެތަން ކޮވިޑަށް ނުފެންނަކަން އެއީ މައްސަލައެއް" ކަމަށެވެ.
ޚަބަރުގައިވާ ފޮޓޯގައިވެސް އެވަނީ 7 ދުވަސްވަންދެން މާލޭގައި ކުރިއަސް ގެންދިއައިރުވެސް ކޮވިޑަށް ނުފެނުނު ތަނެކެވެ. އެކަމަކު އިސްލާމީ މަރުކަޒުގެ މިސްކިތް ހުންނަ ބައަށް ނަމާދަށްދާ މީހުން ކޮވިޑަށް ފެންނާތީ އެޗްޕީއޭއިން އިންތިހާއަށް ކަންބޮޑުވިއެވެ.
ކުރިންވެސް ފުރަތަމަ ކަމަކަށް މިސްކިތްތަކަށް ފިޔަވަޅު އަޅާފައި ބުނީ ލިޔެފައި އޮތްތަރުތީބު އޮޅުނީކަމަށެވެ. ވީމާ ތަރުތީބު ނުއޮޅޭނެ ގޮތަކަށް ކަންކަން ކުރާނަމަ މުސްލިމުންނަށް ބަލައިގަންނަން ފަސޭހަވާނެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ:
We have the power to control this outbreak by:
- Staying 3 feet apart
- Wearing a mask properly
- Washing hands with soap & water
- Covering your cough
މުސްލިމުން ޤަބޫލުކުރާނީ އެޗްޕީއޭ އިން ބުނެފައިވާ ސަބަބުތަކުގައި ހިފެހެއްޓިނަމަވެސް ކޮވިޑްވެސް އަދި އެހެން ބައްޔެއްވެސް ކޮންޓްރޯލްކުރެއްވެވެވުމުގެ ބާރުވެސް ސަލާމަތްކުރެއްވެވުމުގެ ބާރުވެސް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމަށެވެ. އެކަންވާނީ ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުން ކަމަށެވެ. އެފަދަ ބާރެއް ލިބިގެންވާ އެއްވެސް މަޚްލޫޤެއް ނުވާނެ ކަމަށެވެ. ވީމާ އެޗްޕީއޭއިން އެބުނާ ބަހުގެ މާނައިގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ.
Practice safe behaviors when going to the mosque for prayers. pic.twitter.com/jrxD4o39dZ
— Health Protection Agency (@HPA_MV) January 7, 2022