ދެ ކިޑްނީ ފޭލްވެގެން ކިޑްނީ ބަދަލުކުރަން މަސައްކަތްކުރަމުންގެންދާ ޙަލީމާ ޙުސައިން އެދެނީ ވެދެއްވެން އޮތް ދީލަތި އެހީތެރިކަމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ދެ ކިޑްނީ ފޭލްވެގެން ކިޑްނީ ބަދަލުކުރަން މަސައްކަތްކުރަމުންގެންދާ ޙަލީމާ ޙުސައިން އެދެނީ ވެދެއްވެން އޮތް ދީލަތި އެހީތެރިކަމަކަށް!

އަޅުގަނޑުގެ އަނބިމީހާ ޙަލީމާ ޙުސައިން ޅ. ހިންނަވަރު ފިލްޓަރުގެ (54 އަހަރު) އަކީ 2 ކިޑްނީ ފޭލްވުމުގެ މައްސަލަތައް ކުރިމަތިވުމުން އާސަންދައިގެ އިތުރުން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމާއިއެކު މިހާރުވެސް އިންޑިއާގައި ފަރުވާ ހޯދަމުންދާ އަންހެނެކެވެ. 

ޞިއްޙީ ޙާލަތުހުރި ގޮތުންނާއި ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން އަދިވެސް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ވަނީ ނުކުރެވިފައެވެ. ގިނައިން ބާއްވަންޖެހެނީވެސް އައިސީޔޫގައެވެ. އެހެންކަމާއިއެކުވެސް އޮޕަރޭޝަންކުރެވުމުން ޝިފާލިބޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. އެކަމަށް ވަރަށް ބޮޑަށް އުންމީދުވެސްކުރެވެއެވެ. 

އިންޑިއާގައި ގިނަ ދުވަހު ތިބެންޖެހުމުން އަތްމަތި ވަރަށް ބޮޑަށް ހުސްވެދަތިވެފައިވާތީ އެބޭފުޅަކަށް ދެއްވެން އޮތް މިންވަރަކުން ދީލަތި އެހީފުޅަކަށް އަނެއްކާވެސް އެދި ދެންނެވީމެވެ. 

- އާދަމް އިބްރާހީމް (ފިރިމީހާ) ފޯން: 7727867

އެކައުންޓް ނަމްބަރު: 7704278069101

 

 

މިއަދު އޮންލައިން