ކޮޗިން ފެރީއިން ހދ. ހަނިމާދުއަށް އެތެރެކުރީ ހަތިޔާރާއި އިންޑިއާ ސިފައިން ކަމަށް އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮޗިން ފެރީއިން ރައްޔިތުންނަށް ވީ މަންފާއެއް ނެތް ކަމަށާއި އެތެރެކުރީ ހަނިމާދުއަށް ހަތިޔާރާއި އިންޑިއާ ސިފައިން ކަމަށެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން އަދި ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫންކަމަށާއި އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތެއްކަމަށް އިދިކޮޅު ކޯލިޝަނުންބުނުން ވަނީ ބުނެފައެވެ.