މުސްލިމުން މަރާ ހުސްކުރަން ގޮވާލި އިންޑިއާގެ ބޮޑުފާދިރީ ބުނަނީ އޭނާގެ މައްޗަށް ކުރާ ވިހި ދައުވާއަކީ މެޓާކަމަށް! ބީބީސީގެ މައިކްވެސް އެއްލައިލީ ބިންޗަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މުސްލިމުން މަރާ ހުސްކުރަން ގޮވާލި އިންޑިއާގެ ބޮޑުފާދިރީ ބުނަނީ އޭނާގެ މައްޗަށް ކުރާ ވިހި ދައުވާއަކީ މެޓާކަމަށް! ބީބީސީގެ މައިކްވެސް އެއްލައިލީ ބިންޗަށް!

އިންޑިއާގައި ތިބި ހުރިހާ މުސްލިމުން މަރާ ހުސްކުރަން ތަކުރާރުކޮށް ގޮވަމުން ގެންދާ އިންޑިއާގެ ބޮޑު ފާދިރީ ބުނަނީ އޭނާގެ މައްޗަށް ކުރަން ކަނޑައަޅާފައިވާ 20 ދައުވާއަކީ އޭނާއަށް މެޓާ ކަމަށެވެ. 

ދުނިޔެއަށް ދަޅަދައްކައި އޮފްއަރުވަން އިންޑިއާއިން މިހާރުވަނީ އޭނާ ހައްޔަރުކުރިމަކަށް މީޑިއާތަކަށް ދައްކައިފައެވެ. އޭނާގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ބީބީސީން ސުވާލުކުރުމުން އެ ސުވާލުގެ އަގެއް ނެތްކަން ދައްކަން މައިކް ވަނީ ބިންމައްޗަށް ހޫރާލައިފައެވެ. 

ތަތީ ނަރަސިންހަނަންދް ސަރަސްވަތީ ނަމަކަށް ކިޔާ މުސްލިމުންގެ ލެޔަށް ދަހިވެތިކަން ބޮޑުވެ ހައްދުފަހަނައަޅާފައިވާ މި ޓެރަރިސްޓަކީ އަބަދުވެސް މުސްލިމުން މަރާ ހުސްކުރުމަށް ގޮވާލަމުން ގެންދާ މީހެކެވެ. އަދި އޭނާ އެފަދަ ކަންކަން ކުރަމުން ގެންދަނީ އިންޑިއާ ސަރުކާރުގެ އެއްބާރުލުން ލިބިގެންނެވެ. މިފަހަރުވެސް އޭނާ ބޭއްވި ޖަލްށާގައި މުސްލިމުންނާއިމެދު އންތިހާއަށް ނަފްރަތު އުފަދައި އަޑުގަދަކުރާތަކުން ދުރަށް ފޮނުވައި ޓީވީތަކުން ލައިވްކުރިއިރުވެސް ފުލުހުން އެއިން އެއްވެސް ކަމެއް ހުއްޓުވާފައެއް ނުވެއެވެ.

މިއަދު އޮންލައިން