ރަސިޔާއިން ޔޫކްރޭނަށް އަރައިގެންފި -"ބޭނުންވަނީ ޔޫކްރޭން ރަސިޔާގެ ބާރުގެދަށަށް ގެންދަން-" އެމެރިކާ ބުނަނީ ރަސިޔާ ޖަވާބުދާރީ ކުރުވާނެ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރަސިޔާއިން ޔޫކްރޭނަށް އަރައިގެންފި -"ބޭނުންވަނީ ޔޫކްރޭން ރަސިޔާގެ ބާރުގެދަށަށް ގެންދަން-" އެމެރިކާ ބުނަނީ ރަސިޔާ ޖަވާބުދާރީ ކުރުވާނެ ކަމަށް!

ރަސިޔާއިން ޔޫކްރޭނަށް އަރައިގެންފި އެވެ. "ބޭނުންވަނީ ޔޫކްރޭން ރަސިޔާގެ ބާރުގެދަށަށް ގެންދަން-" ކަން ދެމުން ގެންދާ ހަމަލާތަކުން ސާބިތުވެއެވެ. އެމެރިކާ ބުނަނީ ރަސިޔާ ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އަދި މުޅި ދުނިޔެ ރަސިޔާ އާ ދެކޮޅަށް ޖެހޭނެ ކަމަށެވެ. 

• Crisis escalates after Russian-backed separatists in eastern Ukraine requested Moscow’s assistance.

ރަސިޔާއަށް ޔޫކްރައިނަށް އަރައިގަތުމުގެ ބާރު ލިބުނީ ޔޫކްރައިންގައި ތިބި ރަސިޔާއަށް ތާއީދުކުރާ މީޙުން އެކަމަށް މޮސްކޯގައި އެދުމުންނެވެ. 

އަލްޖަޒީރާ އިން ބުނާ ގޮތުންމިހާރުވެސް ރަސިޔާގެ 50 ސިފައިން މަރާލެވިއްޖެއެވެ. ހަނގުރާމަމަތީ 6 ބޯޓުވައްޓާލެވިއްޖެއެވެ.

ބޯމަތިން ޖެޓްދުއްވާ އަޑު އިވުން ނޫޏް އިތުރުކަމެއް ނެތް!- ހީވަނީ ރަސިޔާއަށް ހަމަލާއެއް ދީފާނެ ކަމަށް ޤަބޫލުނުކުރާހެން.!

----

ރަސިޔާ ތެރެ އަދިވެސް އޮތީ ޢާންމު ޙާލުގައެވެ. ޔޫކްރައިނާއި އެންމެ ކައިރީގައި ހުރި ސްޓޭޓްތަކުގައި ވެސް ދިރިއުޅެމުން ދަނީ ހަމަ ޢާންމު ޙާލަތުގައެވެ. 

"ރޭ މެންދަމުން ފެށިގެން މެދުކެނޑުމެއް ނެތިހެން ބޯމަތިން ޖެޓްތައް ދުއްވާ އަޑު އިވޭ! އެކަމާހުރެ ނިދަންވެސް އުނދަގޫ. އެނޫން އެއްވެސް ކަމެއް ނެތް. މީހުން ދިރިއުޅެމުން އަންނަނީ ޢާންމު ޙާލަތުގަ. ކޮލެޖަށްވެސް އެބަދަން. މިއަދުވެސް ކިޔެވުން އެބައޮތް." 

"ހީވަނީ ބޭރު ޤައުމަކުން ރަސިޔާއަށް ހަމަލާދީފާނެ ކަމަށް އަދި ޤަބޫލުނުކުރަނީހެން. އެހެން ނޫންނަމަ ރައްޔިތުން ތައްޔާރީ ޙާލަތަށް ގެނުވާނެ." 

- ޔޫކްރޭން ބޯޑަރު ކައިރީގަ ރަސިޔާގަ ކިޔަވަންހުރި ދަރިވަރެއް- މިއަދުނޫހަށް

 

މިއަދު އޮންލައިން