ޔާ ﷲ! މިއަޅާގެ ފުރާނައަކީވެސް އިނބަ ﷲ މިމޭރުމުން ވަޙީ ކުރައްވަވާނެ ފުރާނައެއް ކަމުގައި ލައްވަވައިދެއްވަވާނދޭވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޔާ ﷲ! މިއަޅާގެ ފުރާނައަކީވެސް އިނބަ ﷲ މިމޭރުމުން ވަޙީ ކުރައްވަވާނެ ފުރާނައެއް ކަމުގައި ލައްވަވައިދެއްވަވާނދޭވެ!

"އޭ ހިތްހަމަޖެހިގެންވާ ފުރާނައާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލް، ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރިދާށެވެ! ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ!" (އަލްފަޖްރް: 27-30)

މިފަދަ ނަޞީބަކަށް އެދޭ މީހާއަށް އޮތީ އެކަމަށް އެދި ގަދައަޅައި އެކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ. ފުރުޞަތަކީ ޢާންމުކޮށް ހުރިހާ މުސްލިމުންނަށް ހުޅުވިގެންވާ ފުރުޞަތެކެވެ. އޮތީ ފުރުޞަތުގެ ބޭނުން ކުރުމާއި ނުކުރުމެވެ.

ދުޢާއަކީ އެންމެހައި މުސްލިމުން ކުރާ ހެޔޮ އަމަލުތައް ޤަބޫލުފުޅުކުރައްވަވައި މި މަތިވެރި ނަޞީބު މިންވަރުފުޅުކޮށްދެއްވެވުމެވެ! އާމީން

 

މިއަދު އޮންލައިން