މޫނުބުރުގާ އެޅުމުން ފުރައްސާރަކޮށް ޖެއްސުންކުރާތީ ކަންބޮޑުވާކަށް ނުޖެހޭ! އިޙްތިރާމް ބޭނުންވަނީ މީޙުންގެ ކިބައަކުން ނޫން! ﷲ ގެ ހަޟްރަތުން!: ޑރ. އިޔާޟް

ކިޔުމަށް ހޭދަވާނީ 2މ 21ސ
މޫނުބުރުގާ އެޅުމުން ފުރައްސާރަކޮށް ޖެއްސުންކުރާތީ ކަންބޮޑުވާކަށް ނުޖެހޭ! އިޙްތިރާމް ބޭނުންވަނީ މީޙުންގެ ކިބައަކުން ނޫން! ﷲ ގެ ހަޟްރަތުން!: ޑރ. އިޔާޟް

ސުވާލު:. މޫނު ބުރުގާ އަޅާ މީހުން ބައެއް ފަހަރު މުޖްތަމަޢުން އެކަހެރި ކޮށްލާ ބުނާނެ އެމީހުންނަކީ ވަރަށް މޮޅުބައެކޭ އެމީހުން ސިފަކުރަނީ މޫނުބުރުގާއާ ބެހޭގޮތުން މޫނުބުރުގާއަކީ ނާތަހުޒީބީ ޢަމަލު ސިފަކުރައްވާގޮތް އަޅުގަނޑުބޭނުން ބަލާލަން. 

ޖަވާބު:. رسول الله ގެ ސުންނަތެއް ދިރުވަން މަސައްކަތް ކުރުމަކީ އެއީ މީސްތަކުންގެ ފުރައްސާރައާ ކަންތައްތައް ހަމަ ލިބިދާނެ ކަމެއް. އަޅުގަނޑުމެން އެކަލޭގެފާނަށާ އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ސިޔަރަތަށް ބެލީމަވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ. 

رسول الله ރަސޫލު ކަމައިގެން ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި އެކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިއެއްގެ ގޮތުގައި މަޝްހޫރު ވެގެން ގޮސްފައިވާ ބޭފުޅެއް. އެކަމަކު ރަސޫލު ކަމައިގެން ފޮނުއްވުމަށް ފަހުގައި އެމީހުންގެ ތެރޭގައި ވަރަށް ނުބައި ނުލަފާ މީހެއްގެ ގޮތުގައި އެމީހުން ސިފަކުރަމުން އައީ. (އަޢޫޛްބިﷲ) 

އެމީހުންގެ ޑިކްޝަނަރީގައި އެކަލޭގެފާނަށް ނުކިޔާކަށް ހަޑި ހުތުރުއެއްޗެއް ނެތް. ނުކުރާކަށް އަނިޔާއެއްނެތް. އެކަލޭގެފާނުގެ އަޞްޙާބް ބޭކަލުންނަށް ނުކުރާކަ ދުއްތުރާއެއް ނެތް. އެންމެ ފަހުން އެކަންކަމަށް ކެތްނުކުރެވޭ ހިސާބަށް ދިޔައިމަ ﷲ سبحانه وتعالى އެބޭކަލުންނަށް މައްކާދޫކުރައްވާ ހިޖްރައަށް ވަޑައިގަތުމުގެ ހުއްދަ ދެއްވާފައިވަނީ، 

އެހެންވީމާ، މީހުންގެ ފުރައްސާރަ ކުރުމާ މީހުންގެ އުނދަގުލާ މިކަންތައްތަކަކީ  އެއީ އަޅުގަނޑުމެނަށް ފިލައިގެން ދާނެކަންތައްތަކެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ކުރާކަމެއް ކުރަނީ ﷲ އަށްޓަކައި ކަމަށް ހިތުގައި ބާއްވާ ﷲ سبحانه وتعالى އޭގެ ބަދަލު އަޅުގަނޑުމެނަށް ދެއްވާނެ ކަމުގެ ޔަޤީންކަން ހިތުގައި ބާއްވައިގެން އެކަމައިގެން ކުރިއަށް ދާނީ. އެއްގޮތަކަށްވެސް މީހުން ކުރާ ފުރައްސާރައަކަށް ބިރުން އޭނާ ހެޔޮ ޢަމަލު ކުރުމުން ފަސްޖެހިގެން ނުވާނެ. 

ސުވާލު: މުޖްތަމަޢުގައި ކުރުހެދުން ލާފައިހުންނަމީހުންނަށްވުރެވެސް، އެމީހުން ސިފަކުރާގޮތުން ކުރު ހެދުންލާފައި ތިބޭމީހުނަށް ކުރާ ރެސްޕެކްޓަށްވުރެ އެމީހުންނަށް ލިބޭ ރެސްޕެކްޓް ކުޑައޭ ދަންނަވާނީ. ސްކޫލް ތަކުގައިވެސް އެމީހުން މޫނު ބުރުގާ އަޅާތީ ވަކިކޮށްލަނީ އަސްލު އެހެންވެ އަޅުގަނޑު އެސުވާލު ކޮށްލީ . 

ޖަވާބު: ރެސްޕެކްޓަކީ އެއީ ﷲގެ حضرة ން ލިބޭ ރެސްޕެކްޓް އިނގޭތޯ! އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. މީހުންގެ ފަރާތުން އަދި ކޮންމެ އެއްޗެއް ކީކަމުގައި ވީނަމަވެސް މީހުން ކިތަންމެ ރެސްޕެކްޓެއް ކުރިއަސް ﷲގެ حضرة ގައި ރެސްޕެކްޓް ނެތްކަމުގައި ވަނީނަމަ އެއީ އެމީހަކަށްލިބޭނޭ ގެއްލުމަކަށްވާނެ. 

- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން