ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ކިޔަވައިދޭ ފޮތްތަކުގައި ކުދިން އިސްލާމް ދީނާއި ދުރަށް ޖައްސުވަން ލިޔެފައި ހުންނަ ލިޔުންތައް ފެންނަމުންދާއިރު އެކަމަށް ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވެއެވެ. އެބޭކަލުން ހުރިހާ ފޮތްތައް ދިރާސާކުރައްވައި ހުރި މައްސަލަތައް ބެލެނިވެރިންގެ ސަމާލުކަމަށް ގެނެސްދެއްވައިގެން ނޫނީ މިމައްސަލަ ޙައްލެއް ނުވާނެއެވެ.
އެކަންކަން އެޑިޔުކޭޝަން މިނިސްޓްރީއަކަށް ނުކުރެވޭނެއެވެ. އދ އިން އަންގާ ގޮތަށް އިސްލާމް ދީން ކިޔަވައިދޭން ޖެހޭތީއެވެ. ޤުރްއާނަށްވުރެ އދ މުހިންމު ކަމަށް ބަލައިގެން ޤާނޫނުތައް ހަދައި ސިލަބަސްތައް އެކުލަވައިލާތީއެވެ!
"ދަރިންގެ ސުކޫލް ފޮތްތަކުން ލާދީނީ ވާހަކަތައް ފެނުމުން އެ ޞަފްޙާތައް ވީދާލާށެވެ. އަދި ވީ މިންވަރަކުން އެކަން އެހެން މީހުންގެ ސަމާލުކަމަށް ގެންނާށެވެ. އަދި ސުކޫލުގެ ސަމާލުކަމަށްވެސް ގެންނާށެވެ. މި ކަންކަމަކީ ދިވެހިރާއްޖޭގެ ލާދީނީ ސަރުކާރުތަކުން ރާވައިގެން ހިންގާ ބޮޑެތި ޖަރީމާއެވެ."
މިއީ ޝައިޚް ފަޒްލޫން ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްފުޅެކެވެ. ޢިލްމުވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށް މިދަންނަވަނީ މިފަދަ މައްސަލަތައް ގިނަ ބެލެނިވެރިންނަށް ފާހަގަކުރަންވެސް ނުއެނގޭތީއެވެ. ކޮންމެވެސް ގޮތަކުން ފާހަގަކުރެވިގެން ކަންކަން ބެލޭއިރު ދަރިފުޅުގެ ބޮލަށް ހުންނަނީ ޗިޕްޖެހި ނިމިފައެވެ!
- ޔާ ﷲ! މިޙާލަތުން ދިވެހިރައްޔިތުން ސަލާމަތްކުރައްވަވާނދޭވެ! އާމީން