ސުވާލު:. ޑީ އެން އޭ ބޭނުންކޮށްގެން އިސްލާމީ ޝަރީޢަތްތައް ކުރެވިދާނެތޯ؟ މިސާލަކަށް ކާއިވެނިންބޭރުން ލިބޭކުދިން ބަފާ ކަށަވަރުކުރުން ކަހަލަ ކަންތައްތަކަށް.
ޖަވާބު:. ހަމައެކަނި ޑީ އެން އޭ ބޭނުންކޮށްގެން އެކަމެއް ކަނޑައެއް ނުވެއް އެޅޭނެ. ދެން އެހެންނަމަވެސް ބައިވަރު ޤަރީނާ ތަކެއް އެކަމުގައި ހުރެގެން ޑީ އެން އޭ އަކީ ޤަރީނާއަކަށް ވެދާނެ. އެކަމަކު އެއީ ހެއްކެއްނޫން. ހެއްކެއް ކަމުގައި އެކަމެއް ނުވެއް ބެލޭނެ.
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް