ހުކުރަށް ބަންގިގޮވަނިކޮށް ދެވޭ މީހާ މަސްޖިދު ސުންނަތްކުރާނީ ކޮންވަގުތަކު؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ހުކުރަށް ބަންގިގޮވަނިކޮށް ދެވޭ މީހާ މަސްޖިދު ސުންނަތްކުރާނީ ކޮންވަގުތަކު؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު: ހުކުރު ދުވަހު ހުކުރަށްމިދެވެނީ އިމާމު މީހާ މިމްބަރަށް އަރަން ކައިރިވެފައިވަނިކޮށް މިސްކިތަށްވަދެ މަސްޖިދް ސުންނަތް ނުފެއްޓެނީސް ބަންގިދެނީ. ޚުތުބާ ކިޔަންވެގެން. ދެން އެހިސާބުން މަސްޖިދު ސުންނަތް މަޑުކޮށްލާފައި ބަންގި އަޑު އަހާނީތޯ ނުވަތަ މަސްޖިދުއްސުންނަތް ކުރަން ފަށާނީތޯ؟  

ޖަވާބު:. ބަންގި ދޭން ފަށައިފި ކަމަށްވަނީނަމަ ބަންގީގެ އަޑު އަހާފައި ބަންގިއަށް ޖަވާބުދީފައި ދެން ބަންގި ދުޢާ ކިޔާފައި ދެން ސުންނަތް ކުރާނީ.

ބަންގިއަށް އިޖާބަ ދޭނެ ގޮތަކީ ބަންގި ގޮވާމީހާ ކިޔާ ކޮންމެ އެއްޗެއް ފަހަތުން ކިޔާނީ ﷲ އަކްބަރު ﷲ އަކްބަރު ކީމާ މިކޮޅުން އަޑު އަހާމީހާވެސް ﷲ އަކްބަރު ﷲ އަކްބަރު أشْهَدُ أَنَّ لاَ إلهَ إلاَ الله. أشْهَدُ أن لاَ إلَهَ إلاَّ الله ، أشْهَدُ أنَّ مُحَمَّداً رَسُولُ الله . أشهَد أنَّ مُحَمَّداً رَسُولُ الله،  ދެން حَيَّ عَلَى الصَّلاَةِ ، حَيَّ عَلَى الْفَلاَحِ އެތަނުގައި لاَ حَوْلَ ولاَ قُوَّةَ إِلاَّبِاللهِ،  އެނޫން ހުރިހާ ތަނެއްގައިވެސް ހަމަ އިމާމް މީހާ ނުވަތަ ބަންގިގޮވާމީހާ އެކިޔާ ގޮތަކަށް ކިޔާނީ އެއަށް މިކިޔަނީ ބަންގިއަށް އިޖާބަ ދިނުމޭ. ދެން އެއަށް ފަހުގަ ބަންގި ދުޢާ ކިޔާނީ. 

- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން