ނަޞާޙަތުގެ ބަސް: ރުހޭ މީހާއަށް ތާއީދުކުރަން ޤުރްއާނުގެ މާނަ ބަދަލުނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ނަޞާޙަތުގެ ބަސް: ރުހޭ މީހާއަށް ތާއީދުކުރަން ޤުރްއާނުގެ މާނަ ބަދަލުނުކުރާށެވެ!

"މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުސީބާތަކީ މީހަކަށް ތާއީދު ކުރުމަށްފަހު، އެމީހަކު ކުރާ ކަންކަން ރަނގަޅުކުރުމަށްޓަކައި ﷲ ގެ ވަޙީބަސްފުޅުގެ މާނަވެސް ބަދަލުކުރުމެވެ. 

﴿ولا مبدل لكلمات الله﴾ 

އަދި ﷲ ތަޢާލާގެ ބަސްފުޅުތަކަށް ބަދަލުގެނެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ." 

- ޝައިޚް ފަޒްލޫން  ބިން މުޙައްމަދު 

وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَاتِ اللَّهِ ۚ وَلَقَدْ جَاءَكَ مِن نَّبَإِ الْمُرْسَلِينَ

"ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް رسول ންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ رسول ން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ نصر ވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި اللَّه ގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ رسول ންނަށް نصر ދެއްވާނެކަމަށް ކުރައްވާފައިވާ وعد ގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން، ކުރީގެ رسول ންގެ خبر ތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ." (އަލްޢަންޢާމް: 34)

މިއަދު އޮންލައިން