ރޯދަހިފަން ހަށިގަނޑު ތައްޔާރުކުރަން ފުރަތަމަ ކަމަކަށް ކުރަންވީ ކަންތައް-

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ރޯދަހިފަން ހަށިގަނޑު ތައްޔާރުކުރަން ފުރަތަމަ ކަމަކަށް ކުރަންވީ ކަންތައް-

ރޯދަހިފަން ހަށިގަނޑު ތައްޔާރުކުރަން އަވަހަށް މަސައްކަތް ފަށާށެވެ! އެގޮތުން ފުރަތަމަ ކަމަކަށް ކުރެވިދާނެ އެއްކަމަކީ ކުރިއާލައި ދުވާލުގެ ކެއުން މަދުކުރުމެވެ. 

ގިނަމީހުންނަށް މައްސަލަތައް ކުރިމަތިވަނީ ކުއްލިއަކަށް މުޅި ދުވަހު ނުކައި ހުންނަންފެށުމުންނެވެ. ސުންނަތް ރޮދަ ޤަވާއިދުން ނުހިފާނަމަ މިމައްސަލަ ގިނަ ބައަކަށް ކުރިމަތިވެއެވެ. ވީމާ ކުރިއާލައި ދުވާލުގެ ކެއުން މަދުކުރަން މަސައްކަތްފަށާށެވެ. 

އަހަރެން ބުނާނީ ފުރަތަމަކަމަކަށްވެސް ހެނދުނުގެ ސަޔާއި މެންދުރު ކެއުން ނޫން އެއްވެސް ކާއެއްޗެއް ބޭނުން ނުކުރާށެވެ. އަދި އެގޮތަށް ދެކެއުމުގެ ވަގުތުތައްވެސް ހަމަޖައްސައިލާށެވެ. މާނައަކީ މެންދުރުކެއުން ކުޑަކޮށް ލަސްކޮށްލުމެވެ. 

ހެނދުނުސަޔާއި މެންދުރުކެއުންވެސް ލުއިކުރާށެވެ. އެއިރުން ގޮހޮރު އެގޮތަށް ހޭނޭނެއެވެ. ރަމަޟާން މަހު ރޯދައަށް ކުރިމަތިވާ އުނދަގޫތައް މަދުވާނެއެވެ. އިން ޝާ ﷲ

 

- މުސްލިމުންގެ އަޑު

މިއަދު އޮންލައިން