ހުކުރު ޚުޠުބާ ކިޔަންފަށަން ވަކި ގަޑިއެއް ޚާއްޞަ ކުރެވިދާނެތޯ؟ ހުކުރު ވަގުތަކީ ކޮބައިތޯ؟ ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހުކުރު ޚުޠުބާ ކިޔަންފަށަން ވަކި ގަޑިއެއް ޚާއްޞަ ކުރެވިދާނެތޯ؟ ހުކުރު ވަގުތަކީ ކޮބައިތޯ؟ ޑރ. އިޔާޟްގެ ޖަވާބު

ސުވާލު:. އަޅުގަނޑު އަޑުއެހިން ހުކުރު ދުވަހު ހުކުރު ޙުތުބާ އެއީ ވަކި ގަޑިއަކަށް ޚާއްޞަ ކޮށްފައި އޮންނަ އެއްޗެއް ނޫނޭ މެންދުރު ނަމާދު ވަޤުތު ބަންގި ގޮވުމަށްފަހު ދެންބަންގި ގޮވާ ނިންމީމަ ޚުތުބާ ކިޔަން ފަށާނޭ. 

ޖަވާބު:. އާދެ! ހުކުރު ދުވަހު ހުކުރު ވަޤުތު އެބަދެމިގެންވޭ. އިނގޭތޯ ހުކުރު ވަޤުތަކީ އެއީ މެންދުރު ނަމާދުގެ ވަޤުތު. އެހެންވެ މެންދުރު ނަމާދުގެ ވަޤުތުގެ ކޮންމެ ވަޤުތެއްގައި ޚުތުބާ ކީ ކަމުގައި ވީނަމަވެސް އަދިކޮންމެ ވަޤުތެއްގައި ޚުތުބާ ކިޔަން ފެށި ކަމުގައިވީނަމަވެސް އެއަކު މައްސަލައެއްނެތް ހުކުރުވަޤުތުން ނުނެއްޓޭ ކަމަށް ވަނީނަމަ. 

އެހެނެއްނޫން މިސާލަކަށް އަޅުގަނޑުމެން އެ ކަނޑައަޅާފައިއޮންނަ ވަޤުތު އެއީ ހުކުރުވަޤުތުން ނެއްޓޭ ވަޤުތެއް ކަމުގައި ވަނީނަމަ އެހިސާބުން އަޅުގަނޑުމެންނަށް އެއީ މައްސަލައެއްކަމުގައި ބަލައިގެން މައްސަލަ ޖެއްސުން އެއީ ހަމަ އެންމެ ރަނގަޅުކަމެއް. އޭގެ މިސާލަކީ މިސާލަކަށް  އަޅުގަނޑުމެންނަށް ހުކުރުނަމާދުގެ ޖަމާޢަތް ނުލިބުނީ ނުލިބިފަ މިސާލަކަށް އަޅުގަނޑުމެންނަށް ނަމާދަށް މިދެވެނީ ގާތްގަނޑަކަށް އެދުވަހުގެ ދޭއް ޖަހާ އެހާކަށްހާއިރު އެހެންވެއްޖެ ކަމުގައިވަނީނަމަ ދޭއްޖަހާއިރުވެސް އެއީ ހަމަ ނަމާދުވަޤުތު އެ ނަމާދު ކުރެވޭނެ. 

ހަމަ އެގޮތަށް ހުކުރު ދުވަހު ހުކުރު ކުރަންފަށާގަޑި އެއީ އަދި މިސާލަކަށް 11.55 ގައި މެންދުރު ނަމާދު ވަޤުތު ވާއިރުކަމުގައި ވީނަމަވެސް ނުވަތަ 12.25 ގައިމެންދުރު ނަމާދު ވަޤުތު ވާއިރު ކަމުގައި ވީނަމަވެސް ރާއްޖޭގައި ކަނޑައަޅާފައި މި އޮންނަނީ 12.35 ގައި ޚުތުބާ ކިޔަން ފަށަން 12.35 އެއީ މެންދުރު ނަމާދު ވަޤުތުން ބޭރު ވެގެނެއް ނުދޭ އެއްގޮތަކަށްވެސް އެހެންވީމާ އެއަކުއެއީކީ މައްސަލައެއް ޖެއްސޭވަރުގެ ޖާގައެއް އޮތް މައްސަލައެއް ނޫން އެއްގޮތަކަށްވެސް. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން