ނަޞޭޙަތުގެ ބަސް: ސުވަރުގޭގެ މޭވާ ލިބިގަތުމަށްޓަކާވެސް ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ނަޞޭޙަތުގެ ބަސް: ސުވަރުގޭގެ މޭވާ ލިބިގަތުމަށްޓަކާވެސް ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ!

ބަލިމީހުންނަށް ޒިޔާރަތްކުރުމީ ޙައްޤެކެވެ. އަދި މަތިވެރި އަޅުކަމެއްވެސްމެއެވެ. 

إن المسلم إذا عاد أخاه المسلم لم يزل في خرفة الجنة حتى يرجع 

"ކަށަވަރުންވެސް މުސްލިމަކު، ބަލިހާލުގައިވާ އޭނާގެ އަޚާއަށް ޒިޔާރަތްކޮށްފިނަމަ، އޭނާ އެނބުރި ދަންދެން އެވަނީ ސުވަރުގޭގެ މޭވާ ލިބިގަތުމުގައެވެ." 

- ޝައިޚް ފަޒްލޫން  ބިން މުޙައްމަދު 

ކޮވިޑާއި ގުޅިގެން ބަލިމީހުންނަށް ޒިޔާރަތްކުރަން އެޅުނު ހުރަސް މިވަގުތު މިވަނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން ފިލައިފައެވެ. ފޯނުން ޙާލުބެލުމުގެ ބަދަލުގައި ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ. ބަލިމީހުންނަށް ޒިޔާރަތްކޮށް ޙާލުބަލަންވީ ކޮންމެހެން ޢާއިލާގެ މީހެއް ނުވަތަ ގާތް އެކުވެރިއެއް ކަމަށް ވެގެނެއް ނޫނެވެ. އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. އަދި އެކަމާއިމެދު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ޢަމަލެއްވެސްމެއެވެ.

 

މިއަދު އޮންލައިން