ރަމަޟާން މަހަށް ތައްޔާރުވާން ވިތުރިއާ ދަމުނަމާދުކުރަން އަވަހަށް ފަށާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ރަމަޟާން މަހަށް ތައްޔާރުވާން ވިތުރިއާ ދަމުނަމާދުކުރަން އަވަހަށް ފަށާށެވެ!

ރަމަމާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ވީހައި ގިނަ އަޅުކަންކުރަން ތައްޔާރުވުމެވެ. އެއަށްވުރެ މުހިންމު ކަމެއް ނެތެވެ. 

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ޢާންމުކޮށް ވިތުރިއާއި ދަމުނަމާދުކުރާ ބައެއް ނޫނެވެ. ނަމަވެސް ރަމަޟާން މަހު ކުރަން މަސައްކަތްކުރެއެވެ. ރަމަޟާން މަސް އައުމުން ކުރަން އުޅުމުން ކުރިން އެކަން ނުކުރާ މީހުންނަށް އެކަން އޮންނަނީ ވަރަށް ބުރަކަމަކަށްވެފައެވެ. ވީހާ ކުރުކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތަކަށް ދާން އުޅެވެނީ އެހެންވެގެންނެވެ. 

ވީމާ މިހާރުންސުރެ ވިތުރިގެ 3 ރަކްޢަތް ކުރަން ފަށާށެވެ. އަދި އެންމެ ދެރަކްޢަތުން ނަމަވެސް ތަހައްޖުދު ނަމާދުވެސް ކުރންފަށާށެވެ. އެއިރުން މީހާ އެކަމަށް ހޭނޭނެއެވެ. ރތަމަޟާން މަސް އައުމުން އެއީ ކުރަން ބުރަކަމަކަށްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- މުސްލިމުންގެ އަޑު

މިއަދު އޮންލައިން