ބައްޔެއްގެ ސަބަބުން ނަމާދުގަ ކިޔާތަކެތި ހަނދާންނެތިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ބައްޔެއްގެ ސަބަބުން ނަމާދުގަ ކިޔާތަކެތި ހަނދާންނެތިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު:. ނަމާދުގެ ފަހު އައްތަޙިއްޔާތާ ފުރަތަމަ އައްތަޙިއްޔާތު އަދިވެސް ހިތުން ކިޔަން ނޭންގޭ ހަނދާން ނެތިފައިވަނީ އެހެންވީމާ މިފަދަ ޙާލަތެއްގައި ޢަމަލު ކުރަންވާނީ ކިހިނެއްތޯ؟ 

ޖަވާބު:. ދެންބަލިވުމުގެ ސަބަބުން މިސާލަކަށް ނަމާދުގެ އައްތަޙިއްޔާތު ނުވަތަ ނަމާދުގައި ކިޔަންޖެހޭ އެހެން އެއްޗެހި ހަނދާން ނެތިފައިހުރެއްޖެކަމުގައި ވަނީނަމަ ބަލި ފަސޭހަވަންދެން އޭނާ ހަނދާން ރަނގަޅުވަންދެން ބަލައިގެންކިޔަސްވެސް މައްސަލައެއްނެތް. ކޮންމެ ގޮތެއްވިއަސް ނަމާދުނުކޮށެއް ނުހުރެވޭނެ. ނަމާދު ކުރަންޖެހޭނެ ހަށިގަނޑުގައި ހޭ ހުރެފައި ބުއްދި ސަލާމަތުން ހުރެއްޖެ  ކަމުގައި ވަނީނަމަ  އެހެންވީމާ ނަމާދު ދޫކޮށްލައިގެން ނުވާނެ ބަލައިގެން ކިޔަންޖެހުނު ކަމުގައި ވީނަމަވެސް. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން