ބައިވެރިޔާ ނޫން މީހަކަށް ބަލާލަންވެސް ބޭނުންނުވުމަށާ މަސްތުވާ ތަކެތި ފަދަ ހުރިހާ ޙަރާމްކަމަކުން ސަލާމަތްވެހުރުމަށް މިދުޢާ ކުރަމުންގެންދާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބައިވެރިޔާ ނޫން މީހަކަށް ބަލާލަންވެސް ބޭނުންނުވުމަށާ މަސްތުވާ ތަކެތި ފަދަ ހުރިހާ ޙަރާމްކަމަކުން ސަލާމަތްވެހުރުމަށް މިދުޢާ ކުރަމުންގެންދާށެވެ!: މުފްތީ މެންކް

ކައިވެނިކޮށްފިނަމަ ބައިވެރިޔާއަށް މާރީތި އަންހެނުންވެސް ފިރިހެނުންވެސް ފެންނާނެއެވެ. އެއީ ޝައިޠޯނާ ދައްކުވާތީއެވެ. ޝައިޠޯނާގެ ބޭނުމަކީ އެމީހުންނަށް ބައްލުވައި ޝައުޤުވެރިކަން އުފެއްދުވުމެވެ. އެކަމުގެ ތެރެއިން ޙަރާމް ކަންކަން ކުރުވުމެވެ. ކައިވެނި ރޫޅުވައިލުމެވެ.  

ވީމާ ހިލޭ އަންހެނުންނަށް، ފިރިހެނުންނަށް ބެލުމާއި އެހެންވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެންމެހައި ކަންކަން ކުރުމުން ސަލާމަތްވެ ހުންނަން އެދޭ މީހާ މިދުޢާކުރަމުން ގެންދާށެވެ! މަސްތުވާތަކެތި ބޭނުންކުރެވޭ މީހުންނާއި އެހެންވެސް ޙަރާމް ކަންކަން ކުރެވޭ މީހުންވެސްމެއެވެ.   

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ  

މިދުޢާގައި އެކުލެވިގެންވާ މާނައީ: "އެންމެހައި ޙަރާމްކަމަކުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! އަދި ޙަލާލް ކަންކަމުން ފުދި ހިތްހަމަޖެހޭ މީހުންގެ ތެރެއިން މިއަޅާ ލައްވަވާނދޭވެ! އަދި ޙަރާމް ކަންކަން ކުރަން ބޭނުންވުމުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ. އަދި ޙަރާމްކުރެއްވެވި ކަންކަމަށް ބަލައިލަން ބޭނުންވުމުންވެސް މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ! އަދި މިއަޅާއަކީ އިނބަ ﷲ ދެއްވެވި މިންވަރުން ފުދިގެންވާ އިނބަ ﷲ ފިޔަވައި އެހެން ފަރާތަކުން ވާގިއެދުމުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ!" 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން