ދުނިޔޭގަ އާއި ޤިޔާމަތްދުވަހު އުފަލާ ހިތްހަމަޖެހުން ލިބޭނެ 3 ކަމެއް ވެއެވެ. މި 3 ކަންތައް ކުރުމުގައި ދެމިހުރެއްޖެ މީހާ ދުނިޔޭގައިވެސް އާޚިރަތް ދުވަހުވެސް ހުންނާނީ ހަމަ ވަރަށް އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ. އެއީ އެމީހާއަށް ﷲ ތަޢާލާ އުފާވެރިކަން ދެއްވަވާނެތީއެވެ. ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާނެތީއެވެ!
އެ 3 ޢަމަލަކީ:
1 ގިނަގިނަގިނައިން ﷲ ތަޢާލާ ހަދުމަކޮށް ﷲ ތަޢާލާ މަތިވެރިކުރާށެވެ!
2 ފަރުޟު ނަމާދުކުރުމުގެ އިތުރުން ސުންނަތް ނަމާދުކުރުން ގިނަކޮށް ސަޖިދަކުރުން ގިނަކުރާށެވެ!
3 މަރުވުމާއި ހަމައަށް އަޅުކަންކުރުން މަތީގައި ދެމިހުންނާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން