މާފުކުރުމުގައި އިސްނަގާ މީހަކަށްވާށެވެ! ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ކޮޅަށްޖަހާށެވެ!: މުފަތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މާފުކުރުމުގައި އިސްނަގާ މީހަކަށްވާށެވެ! ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ކޮޅަށްޖަހާށެވެ!: މުފަތީ މެންކް

މީހަކަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަމަކީ އެހެން މީހަކު ތިމާއަށް ކަންކަން ކުރާގޮތަށްވުރެ ރަނގަޅަށް އެމީހަކަށް ކަންކަން ކުރުމެވެ. ތިބާއަށް އޯގާތެރި ނޫން މީހުންނަށްވެސް އޯގާތެރިވާށެވެ!

އަދި މާފުކުރުމުގައި އިސްނަގާ މީހަކަށްވާށެވެ! ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ގޮޅަށްޖަހާށެވެ! ތިބާއަށް ނަފްރަތުކުރާ މީހުންނަށްވެސް ހެޔޮ ބަސް ބުނާށެވެ!

މާބޮޑު ކަމެއް މެދުވެރި ނުވި ނަމަވެސް ހިނިތުންވުންމަތީގައި ދެމި ހުންނާށެވެ! ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ތިބާއަކީ ޝުކުރުވެރިވާ މީހަކަށްވުމަށްޓަކައެވެ.

އެހެން މީހުން ތިބާ އާއިމެދު ބުނާ ބަސްތަކަށާ ކުރާ ކަންކަމަށް ކަންބޮޑުނުވާށެވެ! އެހެނީ އެއީ އޭނާ ބުނާ ބަސްތަކެވެ. އޭނާ ކުރާ ކަންކަމެވެ. މީހުން ކިޔާ އެއްޗަކަށް ބަލައި ތިމާ ދެކެން ބޭނުންވާ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތަށް ދޫނުދޭށެވެ!

ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ޙައްޤު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ވީމާ ފުރުޞަތު ދޫކޮށްނުލާށެވެ!

--މުފްތީ މެންކް

މިއަދު އޮންލައިން