ރަމަޟާން މަސް ގާތްވަނީ! ދަމުނަމާދުގަ ކިޔާނެ ރަނގަޅު ދުޢާއަކަށް ޑރ. ޝަހީމް ކުރެއްވި ދުޢާ ހޯއްދަވާ ބޭފުޅުންނަށް މިއޮތީ އެދުޢާ! އަވަހަށް ފަރިތަކުރައްވާ! ‍|ދެވަނަ ބައި|

މިއަދު
ކިޔުމަށް ހޭދަވާނީ 30މ 43ސ
ރަމަޟާން މަސް ގާތްވަނީ! ދަމުނަމާދުގަ ކިޔާނެ ރަނގަޅު ދުޢާއަކަށް ޑރ. ޝަހީމް ކުރެއްވި ދުޢާ ހޯއްދަވާ ބޭފުޅުންނަށް މިއޮތީ އެދުޢާ! އަވަހަށް ފަރިތަކުރައްވާ! ‍|ދެވަނަ ބައި|

اللَّهُمَّ إِنَّا نَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوْ أَنْزَلْتَهُ فِي كِتَابِكَ أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ الْعَظِيمَ رَبِيعَ قَلْبِنَا وَنُورَ صُدُورِنَا وَجِلاَءَ أَحْزَانِنَا وَذَهَابَ هُمُومِنَا وَغُمُومِنَا وَسَائِقُنَا وَدَلِيلُنَا إِلَيْكَ، وَإِلَى جَنَّاتِ النَّعِيمِ. اَللَّهُمَّ ذَكِّرْنَا مِنْهُ مَا نَسِينَا، وَعَلِّمْنَا مِنْهُ مَا جَهِلْنَا، وَارْزُقْنَا تِلاَوَتَهُ آنَاءَ اللَّيْلِ وَأَطْرَافَ النَّهَارِ عَلَى الْوَجْهِ الَّذِي يُرْضِيكَ عَنَّا.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިޔަ އިލާހުގެ އެންމެހައި އިސްމުފުޅުތަކުގެ ބަރަކާތުން އަޅަމެން އެދެމެވެ. އެނަންފުޅަކީ ތިޔަ އިލާހުގެ ޒާތުފުޅަށް ދެއްވި ނަންފުޅެއް ކަމުގައި ވިއަސް އެވެ. ނުވަތަ ތިޔަ އިލާހުގެ މަޚްލޫޤަކަށް އުނގަންނަވައި ދެއްވާފައި އޮތް ނަންފުޅެއް ކަމުގައި ވިއަސްއެވެ. ނުވަތަ ތިޔަ އިލާހުގެ ކަލާމްފުޅުގައި ބާވައިލައްވާފައި އޮތް ނަންފުޅެއް ކަމުގައި ވިއަސް އެވެ. ނުވަތަ ތިޔަ އިލާހުގެ ޢިލްމުގައި ސިއްރުކުރައްވާފައިވާ ނަންފުޅެއް ކަމުގައި ވިއަސްއެވެ. ކީރިތި ޤުރުއާނަކީ އަޅަމެންގެ ހިތްތަކުގެ ހަމަޖެހުންކަމުގައްޔާއި ހިތްތަކުގެ ނޫރުކަމުގައްޔާއި އަޅަމެންގެ ހިތާމަތަކުގެ މޮޅިވެރިކަމާއި އުދާސްތައް ފިއްލެވުމުގެ ސަބަބެއް ކަމުގައްޔާއި ތިޔަ އިލާހުގެ ޙަޟްރަތަށް އަޅަމެން ކުއްތަންވުމުގައި މަގުދައްކައިދެނިވި ފަރާތެއް ކަމުގައްޔާއި އެހީތެރިއެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެން ޤުރުއާނުގެ ޛަރީޢާއިން ސުވަރުގެ ވައްދަވާނދޭވެ! اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ޤުރުއާނުން އަޅަމެނަށް ހަނދުމަ ނެތިފައި ހުރި ތަކެތި ހިތަށް ގެންނަވައި ހަނދުމަކޮށް ދެއްވާނދޭވެ! އަދި އަޅަމެންނަށް އެއިން ނޭގި ހުރި ތަކެތި އުނގަންނަވައި ދެއްވާނދޭވެ! އަދި ތިޔަ އިލާހު ރުހި ވޮޑިގަންނަވާ ގޮތް މަތީ، ރޭގަނޑާއި ދުވާލުގެ އެކި ގަޑިގަޑީގައި އަޅަށް ޤުރުއާން ކިޔެވުމުގެ ތައުފީޤު ދެއްވާނދޭވެ!

اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ جَهْدِ الْبَلاَءِ وَدَرَكِ الشَّقَاءِ وَسُوءِ الْقَضَاءِ وَشَمَاتَةِ اْلأَعْدَاءِ
اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ނުއުފުލޭވަރުގެ ބުރަ ތަކްލީފުތަކާއި މުޞީބާތްތަކުންނާއި ދެދުނިޔޭން އަބާއްޖަވެރިކަން ކުރިމަތިވުމުންނާއި ފުރާނައާއި ޢާއިލާއާއި ދަރިންނާއި މުދަލަށް ގެއްލުން ވުމުންނާއި ޢަދާވާތްތެރިންނަށް ޢަދާވާތްތެރިންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުން އަޅަމެން ސަލާމަތްވުން އެދި ތިޔަ އިލާހުގެ ޙަޟުރަތުގައި ދަންނަވަމެވެ.

اللَّهُمَّ هَوِّنْ عَلَيْنَا سَكَرَاتِ الْمَوْتِ، وَارْزُقْنَا قَبْلَ الْمَوْتِ تَوْبَةً، وَعِنْدَ الْمَوْتِ شَهَادَةً، وَبَعْدَ الْمَوْتِ جَنَّةً وَنَعِيماً، بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މަރުގެ ސަކަރާތުގެ ވަގުތު އަޅަމެނަށް ލުއިގޮތް ދައްކަވާނދޭވެ! އަދި މަރުވުމުގެ ކުރިން ތައުބާވުމުގެ ނަޞީބު ދެއްވައި، މަރުގެންނެވޭ ވަގުތު ޝަހާދަތުގެ ދެކަލިމަ ދޫމައްޗަށް ގެނައުމާއި މަރުވުމަށް އަޅަމެންނަށް ތިޔަ އިލާހުގެ ނިޢުމަތުގެ ގޯތި، ސުވަރުގެ ދެއްވުމުގެ ހެއު ނަޞީބު ލައްވާނދޭވެ! އޭ އެންމެ ބޮޑަށް އޯގާވަންތަ ރަސްކަލާނގެއެވެ!

اللَّهُمَّ احْفَظِ الْمَسْجِدَ اْلأَقْصَى مِنَ اليَهُودِ الْغَاصِبِينَ، وَارْزُقْنَا اللَّهُمَّ فِيهِ صَلاَةً قَبْلَ الْمَمَاتِ، بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ގަދަކަމުން މަސްޖިދުލް އަޤްޞާގެ ފޭރިގެންފައިވާ ޔަހޫދީންގެ ކިބައިން އެމިސްކިތް ސަލާމަތް ކުރައްވާނދޭވެ! އަދި ތިޔަ އިލާހުގެ ރަޙްމަތާއި އޯގާތެރި ކަމާއެކު، އަޅަމެން މަރުގެންނެވުމުގެ ކުރިން އެމިސްކިތަށް ޒިޔާރަތްކޮށް އެތާނގައި ނަމާދެއް ކުރުމުގެ މަގު ފަހި ކުރައްވާނދޭވެ! އޭ އެންމެ ބޮޑަށް އޯގާވަންތަ ރަސްކަލާނގެއެވެ!

اَللَّهُمَّ أَعِزَّ اْلإِسْلاَمَ وَالْمُسْلِمِينَ، وَانْصُرِ اْلإِسْلاَمَ وَالْمُسْلِمِينَ، وَانْصُرْ إِخْوَانَنَا الْمُجَاهِدِينَ فِي كُلِّ مَكَانٍ. اَللَّهُمَّ سَدِّدْ رَمْيَهُمْ، وَافْتَحْ لَهُمْ فَتْحاً مُبِيناً، وَانْصُرْهُمْ نَصْراً عَزِيزاً، وَاجْعَلْ لَهُمْ قُوَّةً تُرْهِبُ بِهَا عَدُوَّكَ وَعَدُوَّهُمْ يَا أَرْحَمَ الرَّاحِمِينَ

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އިސްލާމް ދީނަށާއި މުސްލިމުންނަށް ގަދަކަން ދެއްވައި އެއުރެންނަށް ނަޞްރު ދެއްވާނދޭވެ! އަދި އަޅަމެންގެ އަޚުން ކަމުގައިވާ މުޖާހިދުންނަށް އެންމެހައި ކަންކޮޅުތަކުގައި ކާމިޔާބު ދެއްވާނދޭވެ! اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އެއުރެންގެ ހަތިޔާރުތައް ސީދާ ކުރައްވާނދޭވެ! އަދި އެއުރެންނަށް ޞުލްޙަވެރި ފަތަޙައެއް ދެއްވައި، ބޮޑުވެގެންވާ ނަޞްރެއް ދެއްވާނދޭވެ! އަދި އެއުރެންގެ ޢަދާވާތްތެރިންނާއި ތިޔައިލާހުގެ ޢަދާވާތްތެރިން ޖެހިލުންވެ، ހިތްގުޑާވަރުގެ ބާރެއް އެއުރެންނަށް ދެއްވާނދޭވެ! އޭ އެންމެ ބޮޑަށް އޯގާވަންތަ އިލާހެވެ.

اللَّهُمَّ أَصْلِحْ جَمِيعَ وُلاَةَ الْمُسْلِمِينَ، اللَّهُمَّ اجْعَلْهُمْ رَحْمَةً عَلَى شُعُوبِهِمْ وَرَعَايَاهُمْ، وَوَفِّقْ إِمَامَنَا وَوَلِيِّ أَمْرِنَا إِلَى كُلِّ مَا تُحِبُّهُ وَتَرْضَاهُ، هَيِّئًا لَهُ قَوْلاً سَدِيداً، وَعَمَلاً رَشِيداً، وَالْبَطَانَةَ الصَّالِحَةَ النَّاصِحَةَ الَّتِي تُعِينُهُ عَلَى الْخَيْرِ وَتَدُلُّهُ عَلَيْهِ.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އިސްލާމީ ދުނިޔޭގެ ވެރިން އިޞްލާޙުކުރައްވާނދޭވެ! اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަދި އެމީހުންގެ ހިތްތަކުގައި އެމީހުންގެ މުވާޠިނުންނާއި ރައްޔިތުންގެ މައްޗަށް އޯގާތެރިކަން ލައްވާނދޭވެ! އަދި އަޅަމެންގެ ވެރިޔާއަށާއި ނައިބަށް ތިޔަ އިލާހު ރުހިވޮޑިގެންނަވާ ގޮތުގެ މަތީން އުޅުމަށާއި ހެއު ބަސް ބުނުމާއި ތެދުމަގަށް ޢަމަލު ކުރުމުގެ ތައުފީޤު ދެއްވާނދޭވެ! އަދި އެއުރެންގެ ބައިވެރިންނާއި އެކުވެރިންގެ ގޮތުގައި އެއުރެންނަށް ހެއުގޮތް އަންގައިދޭނެ ޞާލިޙުންތަކެއް ލައްވާނދޭވެ!

اللَّهُمَّ اهْدِ شَبَابَ أُمَّةِ مُحَمَّدٍ أَجْمَعِين، اَللَّهُمَّ حَبِّبْ إِلَيْهِمُ اْلإِيمَانَ، وَزَيِّنْهُ فِي قُلُوبِهِمْ، وَكَرِّهْ إِلَيْهِمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا وَإِيَّاهُمْ مِنَ الرَّاشِدِينَ.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މުޙައްމަދުގެފާނުންގެ އުއްމަތުގެ ޒުވާނުންނަށް ތެދުމަގު ދައްކަވާނދޭވެ! އަދި އެމީހުންގެ ހިތްތަކުގައި އީމާންކަމުގެ ލޯބި ޖައްސަވައި، އެއިން އެމީހުންގެ ހިތްތައް ޒީނަތްތެރި ކުރައްވާނދޭވެ! އަދި އެމީހުންގެ ގާތުގައި ކުފުރުވެރިކަމާއި ފާސިޤުކަމާއި އުރެދުމަކީ ނުރުހޭ ކަންތައް ކަމުގައި ލައްވައި އެއުރެން އެންމެންނަށް ތެދުމަގު ދައްކަވާނދޭވެ!

اللَّهُمَّ اغْفِرْ لَنَا، وَلِوَالِدِينَا، وَلِجَمِيعِ أَقَارِبِنَا، اللَّهُمَّ اغْفِرْ لَهُمْ وَارْحَمْهُمْ ، وَاكْتُبْ لَهُمُ التَّوْفِيقَ، وَيَسِّرْ أُمُورَهُمْ.
اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަޅަމެންނަށާއި އަޅަމެންގެ މައިބަފައިންނަށާއި އަޅަމެންގެ އެންމެހައި ގާތްތިމާގެ މީހުންނަށް ފާފަ ފުއްސަވާނދޭވެ! اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އެއުރެންނަށް ފުއްސަވައި އެއުރެންނަށް އޯގާތެރިވެ ވޮޑިގަންނަވާނދޭވެ! އަދި އެއުރެންގެ ދުނެޔެވީ ކަންކަމުގައި މަގުފަހިކޮށް ދެއްވައި އެއުރެންނަށްޓަކައި ތިޔައިލާހުގެ ރަޙްމަތް ކަނޑައަޅުއްވާނދޭވެ!

اللَّهُمَّ اغْفِرْ لِجَمِيعِ مَوْتَى الْمُسْلِمِينَ، اللَّهُمَّ اغْفِرْ لَهُمْ وَارْحَمْهُمْ وَعَافِهِمْ وَاعْفُ عَنْهُمْ وَأَكْرِمْ نُزُلَهُمْ وَوَسِّعْ مُدْخَلَهُمْ وَاغْسِلْهُمْ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِمْ مِنَ الذُّنُوبِ وَالْخَطَايَا كَمَا نَقَّيْتَ الثَّوْبَ اْلأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُمْ دَارًا خَيْرًا مِنْ دَارِهِمْ وَأَهْلاً خَيْرًا مِنْ أَهْلِهِمْ وَزَوْجًا خَيْرًا مِنْ زَوْجِهِمْ وَأَدْخِلْهُمُ الْجَنَّةَ وَأَعِذْهُمْ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَارْحَمْنَا اللَّهُمَّ بِرَحْمَتِكَ إِذَا صِرْنَا إِلَى مَا صَارُوا إِلَيْهِ، تَحْتَ الْجَنَادِلِ وَالتُّرَابِ وَحْـدَنَا.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މުސްލިމުންގެ ތެރެއިން މަރުވަފައިތިބި އެންމެންގެ ފާފަ ފުއްސަވާނދޭވެ! އަދި އެއުރެންނަށް ފުއްސެވުމާއެކު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ! އަދި އެއުރެންގެ ކުށްތައް ފިއްލަވައި ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް އެއުރެންނަށް ދެއްވާނދޭވެ! އަދި އެއުރެންނަށް ސުވަރުގެއިން ނިޢުމަތް ނަޞީބު ކުރައްވައި، ކަށްވަޅުގެ ގޮވަތި ތަނަވަސްކޮށް ދެއްވާނދޭވެ! އަދި ފެނުންނާއި ގަނޑުފެނުންނާއި ފިނިފެނުގެ ޒަރީޢާއިން މިލައާއި ހަޑިތަކެތިން ހުދުހެދުން ދޮވެސާފުވެވޭ ފަދައިން އެމީހުންގެ ފާފަ ފުއްސަވައި ދޮވެ ސާފު ތާހިރުކުރައްވާނދޭވެ. އެމީހުންގެ ގެތަކަށް ވުރެން ހެއު ގެތަކެއް އެބައިމީހުންނަށް މިންވަރުކުރައްވައި، އެބައިމީހުންގެ އަހުލުވެރިންނަށް ވުރެން ހެއު އަހުލުވެރިން އެބައިމީހުންނަށް ދައްކަވާނދޭވެ. އަދި އޭނާގެ ބައިވެރިޔާއަށް ވުރެން ރަނގަޅު ބައިވެރިއަކު ތިޔައިލާހުގެ ޙަޟުރަތުން އޭނާއަށް ދެއްވާނދޭވެ. އަދި އެބައިމީހުންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވައި ކަށްވަޅާއި ނަރަކައިގެ ޢަޛާބުން އެއުރެން މިންޖުކުރައްވާނދޭވެ! اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިޔަ އިލާހުގެ ތަނަވަސް ރަޙްމަތުން އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އަދި އެކަހެރިވެ، ބިމާއި ވެލީގެ ދަށުގައިތިބެ، އެބައިމީހުން ދިޔަ މަގުން ތިޔަ އިލާހުގެ ޙަޟުރަތަށް ދިއުމުގެ މަގު އަޅަމެންނަށް ތަނަވަސްކޮށް ދެއްވާނދޭވެ!

اَللَّهُمَّ اجْعَلْنَا مِمَّنْ وُفِّقَ لِقِيَامِ لَيْلَةِ الْقَدْرِ، وَ اجْعَلْنَا مِمَّنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَاباً.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ލައިލަތުލް ޤަދްރި މިންވަރު ކުރައްވާ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! އަދި ޔަޤީންކަމާއި އެކު ޘަވާބުލިބުމުގެ އުއްމީދުގައި ރަމަޟާން މަހުގެ ރޯދަ ހިފާ މީހުންގެ ތެރޭން އަޅަމެން ލައްވާނދޭވެ!

اَللَّهُمَّ أَعِدْ عَلَيْنَا رَمَضَانَ أَعْوَاماً عَدِيدَةً، وَأَزْمِنَةً مَدِيدَةً.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ރަމަޟާން މަސް ގިނަގިނައިން އަޅަމެނާ ހަމައަށް އައިސް އަޅަމެނާ ކުރިމަތި ވުމުގެ ތައުފީޤު ދެއްވާނދޭވެ!

اَللَّهُمَّ إِنَّكَ قُلْتَ فِي كِتَابِكَ الْكَـرِيمِ: (اُدْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ) ، نَسْأَلُكَ أَنْ تُرِيَنَا وَجْهَكَ الْكَرِيمِ فِي الْجَنَّةِ.

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިޔަ އިލާހުގެ މޫރިތި ކަލާމްފުޅުގައި (ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ) މިފަދައިން ވަޙީކުރައްވައި އަންގަވާފައިވާ ފަދައިން، އަޅަމެން ތިޔަ ޙަޟުރަތުގައި މިއޮތްގެން ދަންނަވަނީއެވެ. އަޅަމެންނަށް ޤިޔާމަތް ދުވަހު ސުވަރުގޭގައި ތިޔަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނަޞީބު ލައްވަނދޭވެ! (އާޔަތުގެ މާނައީ: ތިމަން އިލާހުގެ ޙަޟުރަތުގައި ދަންނަވާށެވެ! ތިމަން ﷲ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ﷲއަށް އަޅުކަން ކުރުމާއި ދުޢާ ދެންނެވުމުގައި ބޮޑާވެގަނެ، އެއްކިބާވާ މީހުން ދަންނާށެވެ! ޔަޤީނުން ތިމަން ﷲ އެބައިމީހުން ނަރަކަށް ވައްދަވައި ނިމެތިކުރައްވާހުށީމެވެ.)

اَللَّهُمَّ أَرِنَا وَجْهَكَ الْكَرِيمَ فِي الْجَنَّةِ، لاَ تُحْرِمْنَا مِنَ الْجِنَانِ، وَلاَ تُطْرِدْنَا مِنَ الْجِنَانِ، وَلاَ تُحْجِبْنَا عَنِ الْجِنَانِ

اَللَّهُمَّ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ސުވަރުގޭގައި ތިޔަ އިލާހުގެ މޫރިތި ވަޖުހުފުޅު އަޅަމެންނަށް ދައްކަވާނދޭވެ! އަޅަމެން ސުވަރުގެ ދިއުމުން މަޙްރޫމު ނުކުރައްވާނދޭވެ! އަޅަމެން ސުވަރުގެއިން ބޭރުވެދިއުމުގެ ޢަމަލެއް އަޅަމެންގެ ކިބައިން ވިޔަދިއުމަށް އިރާދަ ނުކުރައްވާނދޭވެ! އަދި އަޅަމެންނާ ސުވަރުގެއާ ދެމެދު ޙިޖާބެއް ނުލައްވާނދޭވެ!

اَللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَنَعُوذُ بِكَ مِنْكَ، لاَ نُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

އަޅަމެންގެ ވެރި ރަސްކަލާކޮ. ތިޔައިލާހުގެ ޙަޟުރަތުން ރުހިވޮޑިގަތުން އެދޭޙާލު، ތިޔައިލާހުގެ ކޯފާއިން ސަލާމަތަށް އެދެމެވެ. އަދި ތިޔައިލާހުގެ ޙަޟުރަތުން ފުއްސެވުން އެދޭޙާލު، ތިޔައިލާހުގެ ޢަޒާބުން ސަލާމަތަށް އެދެމެވެ. އަދި ތިޔައިލާހުގެ ޙަޟުރަތުން ނޫންފަރާތަކުން ސަލާމަތަށް ނޭދޭނަމެވެ. ތިޔައިލާހުގެ ޙަޟުރަތުގައި ސަނާއާއި ތަޢުރީފުގެ ބަސްތައް ދެންނެވުމުގައި ތިޔައިލާހުގެ ޙަޟުރަތުން އަޅަމެންނަށް ލިބިފައިވާ ބަސްތަކަކުން މެނުވީ އެއްވެސް ސަނާއެއް ތިޔަ އިލާހަށް ދެންނެވުމުގެ ކުޅަދާނަކަން އަޅަމެންނަށް ލިބިގެނެއްނުވެއެވެ.

رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ވަނީ ފާފަވެރިވެ، އަޅަމެންގެ ނަފްސަށް އަނިޔާވެރިވެގެންފައެވެ. ތިޔަ އިލާހު އަޅަމެންނަށް އޯގާތެރި ވޮޑިނުގެން، އަޅަމެންގެ ފާފަ ނުފުއްސަވައިފިނަމަ އަޅަމެން ވާހުށީ ތިޔަ އިލާހުގެ ކޯފާއާއި ހަލާކުގެ ތެރޭގައިކަން ކަށަވަރެވެ.

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ، وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيم

އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ ދުޢާ ޤަބޫލުކުރައްވާނދޭވެ! ތިޔައީ ގިނަގިނައިން އަޑު އައްސަވާ ބޮޑަށް ބައްލަވައި ވޮޑިގަންނަވާ އިލާހެވެ. އަދި އަޅަމެންގެ ތައުބާ ޤަބޫލުކުރައްވާނދޭވެ! ތިޔައީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ، އޯގާވަންތަ އިލާހުކަން ކަށަވަރެވެ.

وَصَلَّى اللَّهُ عَلَى نَبِيِّنَا وَحَبِيبِنَا مُحَمَّدٍ وَعَلَى آلِهِ وَصَحَابِهِ أَجْمَعِينَ،

އަޅަމެންގެ ނަބިއްޔާ އަދި ލޮބުވެތި ސާހިބާ މުޙައްމަދުގެފާނުންގެ މައްޗަށް ﷲގެ ޙަޟުރަތުން ޞަލަވާތް ލައްވާނދޭވެ! އަދި އެކަލޭގެފާނުންގެ އެންމެހައި އާލުންނާއި އަޞްޙާބުންގެ މައްޗަށް ވެސް ޞަލަވާތް ލައްވާނދޭވެ! އާމީން!

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ، وَسَلامٌ عَلَى الْمُرْسَلِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ- آمين.

އެބައިމީހުން އެސިފަކުރާ ގޮތާމެދު ކަލޭފާނުންގެވެރި، ކަށަކުޅަދުންވަންތަ މަތިވެރި ﷲގެ ޒާތުފުޅު ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އަދި އެންމެހައި ރަސޫލުބޭކަލުންގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި ޢާލަމްތަކުގެވެރި ﷲއަށް ގިނަގުނަ ޙަމްދުސަނާ ކިޔަމެވެ. އާމީން.

ފުރަތަމަބައި: https://miadhu.mv/article/read/4263936

 

މިއަދު އޮންލައިން